Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް --

28 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރު ކޯލިޝަންގެ މެމްބަރުން މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 23 މެމްބަރަކު ސޮއެކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް މިއަދު ހުށައަޅައިފިއެވެ.

މަޖިލީހަށް މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ހުށައަޅާފައި މިވަނީ، މިއަދު ދައުރުން ބޭރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި މަޖިލީހުގައި ވަޒީރުނަށް ރުހުން ދިނުމާއި ގުޅޭ ވޯޓުގެ ކަންކަން ކުރިޔަށް ގެންދިޔަ ނުދީ ހިފެހެއްޓުމަށްފަހުގައެވެ. ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގެ ވޯޓު ނެގިޔަ ނުދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އިދިކޮޅު މެމްބަރުންނަށް ނުވަދެވޭނެހެން، ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލީހުގެ ދޮރުތަކުގައި ތަޅުލައިގެން ގިނަ އިރުތަކެއް ވަންދެން ހިފަހައްޓަވާފައެވެ. އެކަމާިއ ގުޅިގެން ރައްޔިތުންގެ މަޖިލީގުގެ އިދާރާގެ ތެރޭގައި މެމްބަރުންގެ މެދުގައި ހަމަނުޖެހުންތައްވެސް ހިނގިއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅައި، އެޤަރާރުގައި މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ތުހުމަތުކޮށްފައި ވަނީ، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވަކިޕާޓީއެއްގެ މަސްލަޙަތު ކުރިއަރުވަން އުޅޭ ކަމަށެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރު ކޯލިޝަނުން މަޖިލީހަށް ވެއްދި އިރު، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރެވޭނެ އަޣުލަބިއްޔަތެއް ސަރުކާރު ކޯލިޝަނަކަށް ނެތެވެ. އެމްޑީޕީއާ ޑިމޮކްރެޓްސް އާއެކުގައި މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރަން ފަށާފައިވާއިރު، އެދެޕާޓީގައި 56 މެމްބަރުން ތިއްބަވައެވެ. ސަރުކާރަށް ތާއީދުކުރާ ތިއްބެވީ 24 މެމްބަރުންނެވެ. އަދި މަޖިލީހުގައި 6 ދާއިރާއެއްގެ ގޮނޑިތައް ހުސްވެފައިވާ އިރު މިދައުރުގައި އެގޮނޑިތަކަށް މެމްބަރުން އިންތިޚާބެއް ނުކުރާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.