Advertisement

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ވަހީދު --

17 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ދިއްދޫ ފެނަކައިން 57 މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރި މައްސަލަ މަޖިލީހަށް ވައްދައިފި

ހއ. ދިއްދޫ ފެނަކަ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތަށް ނަގާފައިވާ 57 މުވައްޒަފުންގެ ކޮންޓްރެކްޓް އާނުކުރި މައްސަލަ ރައްޔިތުންގެ މަޖިިލީހަށް ވައްދައިފިއެވެ.

އެމައްސަލަ މަޖިލީހަށް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ވަހީދެވެ. މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް އެޑްރެސްކުރައްވާ ޢަބުދުﷲ ވަހީދު ފޮނުއްވި ސިޓީފުޅުގައި ވަނީ، ދިއްދޫ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތަށް ނަގާފައިވާ ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާގެ ކޮންޓްރެކްޓް އައު ނުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމާފައި ވަނީ، އެފަރާތްތަކަށް ނޯޓިހެއް ދިނުމަކާއި ނުލައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތައް ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގައިކަން ޢަބުދުﷲ ވަހީދު ފާހަގަކުރައްވާފައިވެއެވެ.

އަބުދުﷲ ވަޙީދު ހުށައަޅުއްވާފައި ވަނި، ދިއްދޫ އައު އިންޖީީނުގެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކަ ކޯޕަރޭޝަން އަށް ދެންނެވުމަށެވެ. އަދި މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް އެމައްސަލަ ފޮނުއްވައި ދެއްވުމަށްވެސް ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ވަހީދު ވަނީ ހުށައަޅުއްވާފައެވެ.

ދިއްދޫ ފެނަކަ އިންޖީނުގެ އިމާރާތްކުރުމަށް ނަގާފައިވާ ކޮންޓްރެކްޓް ސްޓާފުންގެ ކޮންޓްރެކްޓްގެ މުައްދަތު ހަމަވުމުން އެ މުވައްޒަފުން ފެނަކައިން ދޫކޮށްލީ، އެ އިމާރާތުގެ މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ވުމުންނެވެ. އަދި ފެނަކައަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން، މަސައްކަތެއް ނެތި ތިބި ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާގެ ކޮންޓްރެކްޓް އައު ނުކުރަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ.

ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި، މާކެޓްގެ އަގުން 23 މިލިއަން ރުފިޔާއަށް އެޅޭ އެ އިމާރާތަށް މިހާރުވެސް ފެނަކައިން ވަނީ 49 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.