Advertisement

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް --

30 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަސައްކަތްކުރާނަން: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރައްވާފައިވާ ހުރިހާ މެމްބަރުންނަށް ރުހުންދިނުމާއި ގުޅޭ ގޮތުން ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައި ގަންނަވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމަށް ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. އަދި މިއަދުވެސް ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އެކަމާއި ގުޅޭ މަޝްވަރާތައް ކުރެވުނު ކަމުގައި ސަލީމް ވިދާޅުވިއެވެ.

"ޕާލަމެންޓްރީ ގުރޫޕުން އެއްވިސްނުމެއްގައި މިތިބީ. ކޮމިޓީ ރިޕޯޓް މިއަދު ނިމުމާއި އެކުގައި، ދެން ވީހާވެސް އަވަހަށް ރުހުން ދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ޖަލްސާއެއް ބޭއްވުމަށް އަޅުގަނޑުމެން ޕާލަމެންޓްރޫ ގުރޫޕުން މިތިބީ ހަމަ އެކީގައި."

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް

މިބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ވިދާޅުވީ، ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން މިއަދު މަޖިލީހަށް ހުށައެޅުއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައި އެކަން މަޖިލީހަށް ހުށައަޅުއްވާނެ ކަަމަށެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީގެ ބައްދަލުވުމުގައި ވަނީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުންދިނުމަށް މަޖިލީހުންގެ ތަޅުމަށް ހުށައެޅުމަށް ފާސްކޮށްފައެވެ. އަދި ނިންމާފައި ވަނީ މަޖިލީހުގެ ތަޅުމުގައި ކޮންމެ ވަޒީރަކަށް ރުހުން ދިނުމުގައި ވަކިވަކިން ވޯޓަށް އެހުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.