Advertisement

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

30 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ޢަޒުލުކުރާކަށް އެމްޑީޕީއަކުން ނޫޅޭ

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ޢަޒުލުކުރުމަށް މިހާތަނަށް އެމްޑީޕީން އެއްވެސް މަސައްކަތެއްކޮށްފައި ނުވާނެކަމުގައި އެޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައި ގަންނަވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުމާއި ގުޅޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި އެއްވެސް މަޝްވަރާއެއްވެސް ކޮށްފައި ނެތްކަމުގައި ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީންވެސް އެަފަދަ އިޝާރާތެއް ކޮށްފައި ނެތްކަމުގައި ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ޔަޤީންކަމާއި އެކު ދަންނަވަން ބޭނުންވޭ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އެއްވެސް ސްޓޭންޑެއް އެކަމުގައި އަދި ނެތް. އަދި އަޅުގަނޑުމެން އެކަމަށް އެޖެންޑާކޮށް ބަހުސެއްވެސް ކޮށްފައެއް ނެތް. އަދި ޕާޓީގެ ގޮތުން،  އެމްޑީޕީންވެސް އެކަލަ އިރުޝާދެއް މިހާތަނަށް ލިބިފައެއްވެސް ނެތް. އެހެން ނަމަވެސް، އިމްޕީޗްމެންޓަކީ އެކަމަށް ޤާނޫނު އަސާސި ހުއްދަކުރާ ކަމެއް. ޤާނޫނުވެސް ހުއްދަކުރާ ކަމެއް. ދިވެހިރައްޔިތުންގެ ބާރު އޭގައި، ގަދަ ގޮތަށް އޮންނަނީ ޤާނޫނު އަސާސީގައި. އެހެންވީމާ، ސަރުކާރެއް އިމްޕީޗްކުރަން ޖެހިއްޖެ ހާލަތެއްގައި، އެއީ ޤާނޫނީ ޕްރޮސެސްއެއް. އެއީ ހަމަ ޤާނޫނުގެ ތެރެއިން ކުރެވެން އޮންނަ ކަމެއް. އެހެން އެކަން އޮތަސް އެކަމާއި ގުޅޭ ގޮތުން މިހާތަނަށް އަޅުގަނޑުމެން އެއްވެސް މަޝްވަރާއެއްކޮށް، އެއްވެސް ސްޓޭންޑެއް އޮތްކަމެއް ނޫން އެއީ."

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައި ގަންނަވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް

ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރެއްވުމާއި ގުޅޭ ގޮތުން ވަކިވަކި ބައެއް މެމްބަރުން ޚިޔާލުފާޅު ކުރެއްވި ނަމަވެސް އެއީ ޕާޓީގެ އަދި ޕާލަމެންޓްރޫ ގްރޫޕުގެ ނިންމުމެއް ނޫންކަމަށާއި، އެގޮތަށް ޚިޔާލު ފާޅުކުރެއްވި ބައެއް މެމްބަރުން، ބުރާސްފަތި ދުވަހުގެ ތެރޭ ޕީއެންސީއާ ގުޅިވަޑައިގެންނެވި މަންޒަރުވެސް ފެނިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ޢަޒުލުކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުނީ، މަޖިލީހުގެ ޤަވާއިދަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ގެނައި ބަދަލާއިއެކު ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ޢަޒުލުކުރެވޭނެ މަގު ފަހިވެ އެމްޑީޕީއަށް އެކަނި އެއަދަދަށް ވޯޓު ހަމަވާގޮތަށް ބަދަލުވެގެން ދިޔުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.