Advertisement

ރައްޔިތުންގެ މަޖިލިސް --

28 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ބެލެވޭތީ ސަރުކާރަށް ތާއީދުކުރާ މެމްބަރުން މަޖިލިސް ހުއްޓުވައިފި

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަން އެނގިގެން ސަރުކާރަށް ތާއީދުކުރާ މެމްބަރުން މަޖިލީހުގެ ޗެމްބަރ ތަޅުލައިފިއެވެ.

މަޖިލީހުގެ ޖަލްސާ އިންޓަވަލްއަށް މެދު ކަނޑާލުމަށްފަހު، 1:30ގައި ވޯޓަށް އަހަން ހަމަޖައްސާފައި ވަނިކޮށް ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް ހުރަސް އެޅުމަށްޓަކައި ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން، މަޖިލީހުގެ ޗެމްބަރަށް ވަދެ އިދިކޮޅު މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެހެން މަޖިލީހުގެ ޗެމްބަރު އެތެރެއިން ވަނީ ތަޅުލާފައެވެ. އަދި މިވަގުތާއި ހަމައަށްވެސް މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދެވޭ ގޮތް ވެފައި ނުވަނީ ޖަލްސާ ކުރިޔަށް ގެންދިޔުމަށް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ހުރަސްއަޅަމުން ދިޔުމާއި ގުޅިގެންނެވެ.

މީގެ އިތުރުން ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ބައެއް ފަރާތްތަކާއި ބައެއް އާއްމުން މަޖިލިސް ކުރާ ގޭދޮށުގައި މިހާރު މުޒާހަރާ ކުރަމުންދާކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

ވަޒީރުންގެ ތެރެއިން، ރުހުން ނުދިނުމަށް ނިންމާފައިވާ ބޭފުޅުންގެ ތެރޭގައި، ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި، ނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިޞަލް ހިމެނިވަޑައިގަންނަވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.