Advertisement

ވަޒީރުންގެ މަޖިލިސް --

28 Jan 2024
ޚަބަރު

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެމަޖިލހުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

މަޖިލީހުގެ ތެރޭގައި އެމްޑީޕީއަ ދަ ޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށް އެދެޕާޓީން މިދިޔަ ހަފްތާގައި ވަނީ ހާމަކޮށްފައެވެ. އަދި މިއަދު ދެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައިވާކަން ވަނީ އެނގިފައެވެ. އަދި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުންވެސް ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަން ސޯޝަލް މީޑިއާގައި ހާމަކުރައްވާފައެވެ.

ވަޒީރުންގެ ތެރެއިން، ރުހުން ނުދިނުމަށް ނިންމާފައިވާ ބޭފުޅުންގެ ތެރޭގައި، ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި، ނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިޞަލް ހިމެނިވަޑައިގަންނަވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރުހުން ނުދޭނެކަމަށް ބެލެވިފައިވާ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން، ބަންޑާރަ ނައިބު އަޙްމަދު ޢުޝާމް އެކްސްގައި ވިދާޅުވީ، އެމަނިކުފާނު ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލީ ނިންމާފަ އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށާއި ރުހުން ނުދޭނަމަ އެކަމަކީ ޒާތީކަމެއް ކަމަށެވެ. ޒާތީގޮތުން ޖައްސާލާ، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށިވެސް ނުކުރެވޭނެކަމަށާއި ރައީސް ޑރ. މުއިއްޒު ހުންނެވީ ގަދަކޮށް ކަމުގައި އުޝާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާ ގަޑިއަކީ 1:30 ނަމަވެސް މަޖިލީހުގެ ޖަލްސާ އިންޓަވަލް ގަޑިއަށް މެދު ކަނޑާލިގޮތަށް އަދި ނުފަށައެވެ.

މަޖިލީހުން ރުހުން ނުދޭ ވަޒީރުންނަށް ވަޒީރުންގެ މަޖިލީހުގައި ދެމި ނުތިއްބެވޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.