ރައްޔިތުންގެ މަޖިލިސް
12 Dec 2023
ޚަބަރު
މަޖިލީހުގައި ވަޒީރުންނާއި ސުވާލު ކުރުމުގައި އޮތް ޤާނޫނާއި ޤަވާއިދާއި ޚިލާފް ޘަޤާފަތް މަޖިލީހުގެ ރައީސް ނިމުމަަކަށް ގެންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގައި މެމްބަރުންނަށް ވަޒީރާއި އިތުރު ސުވާލު ކުރެވޭނީ، މަޖިލީހަށް ވަޒީރު ޖަވާބު ދެއްވުމަށް ހާޟިރުވެވަޑައިގެންނެވި ސުވާލާއި، އެސުވާލާއި ގުޅިގެން ވަޒީރު ދެއްވި ޖަވާބާއި ގުޅިގެން މެމްބަރުން ކުރައްވާ އިތުރު ސުވާލުތައް ކަމަށެވެ. އަދި އެއީ ޤާނޫނުގައި އެކަން ކަނޑައަޅާފައި އޮތް ގޮތް ކަމަށާއި، އެހެން ކަމުން ވަޒީރު ޖަވާބު ދެއްވުމަށް ހާޟިރުވެވަޑައިގެންނެވި، ސުވާލާއި ނުގުޅޭ، އަދި ވަޒީރު ދެއްވި ޖަވާބާއި ނުގުޅޭ ސުވާލުތަކަށް ފުރުޞަތު ނުދެއްވޭނެ ކަމަށެވެ.
12 Dec 2023
ޚަބަރު
މަޖިލީހުން ރުހުން ދިނުމުގެ ކުރިންވެސް މަޖިލީހުގައި ވަޒީރުންނާއި ސުވާލުކުރެވޭނެ: މަޖިލީހުގެ ރައީސް
އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދުއާ ކުރެއްވުމަށް ހުށައަޅުއްވާފައިވާ ސުވާލު ކުރެއްވުން ކުރިޔަށް ގެންދިޔުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ.
12 Dec 2023
ޚަބަރު
ބަޖެޓު ބަހުސް ނިމެންދެން މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދަން ހުށައަޅައިފި
އިއްޔެވެސް ބަޖެޓު ބަހުސް ނިންމާލުމަށް މަޖިލީހުގެ ޖަލްސާގެ ވަގުތު ހަވީރު، 5:00 ހަމައަށް އިތުރު ކުރިއެވެ. އެހެން ނަމަވެސް 3:30 ގައި މަޖިލީހުގެ ރައީސް ޖަލްސާ ނިންމަވާލެއްވީ، ބަޖެޓަށް ބަހުސް ކުރެއްވުމަށް އެދި ވަޑައިގެންނެވި އެއްވެސް މެމްބަރަކު މަޖިލީހުގެ ތަޅުމުގައި އެވަގުތު ނެތުމާއި އެކުގައެވެ.
11 Dec 2023
ޚަބަރު
ދެބޭފުޅަކު ސަފީރުކަމަށް އައްޔަނުކުރެއްވުމަށް މަޖިލީހަށް ހުށައަޅުއްވައިފި
ސަފީރުކަމަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް ފޮނުއްވި ދެބޭފުޅުންނަކީ، މުޙައްމަދު ޙުސައިން ޝަރީފާއި، އިރްތިޝާމް އާދަމްއެވެ.
11 Dec 2023
ޚަބަރު
ވަގުތު އިތުރުކޮށްގެންވެސް ބަޖެޓް ބަހުސް މިއަދު ނިންމާނުލެވުނު
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް ނިންމާލުމަށްޓަކައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ވަގުތު އިތުރުކުރުމަށް ފަހުގައިވެސް، އިތުރު މެމްބަރުން ބަޖެޓަށް ބަހުސް ކުރުމަށް އެދިވަޑައިގެންފައިވާތީ، މާދަމާގެ ޖަލްސާގައިވެސް ބަޖެޓް ބަހުސް ކުރިޔަށް ގެންދިޔުމަށް ނިންމައި މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
11 Dec 2023
ޚަބަރު
އެމްޑީޕީގެ ސަރުކާރަށް ކުރި ތުހުމަތުތައް ބަލަން މަޖިލީހުން ފާސްކޮށްފި
ކުރީ ސަރުކާރުން ރާއްޖޭގެ ޤައުމީ ސަލާމަތާއި ދާޚިލީއަމަނަށް ނުރައްކާވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ މިހާރުގެ ސަރުކާރުގައި ހިމެނޭ ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކާއި ގުޅޭ ގޮތުން އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
10 Dec 2023
ޚަބަރު
ހުރިހައި ވަޒީރުންގެ ޝަރުތު ހަމަވާކަމަށް މަޖިލީހުގެ ކޮމެޓީން ނިންމައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 22 ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ނިންމައިފިއެވެ.
06 Dec 2023
ޚަބަރު
މަޖިލީހުގެ ދައުރު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް އިތުރު ކުރުމަށް ފާސްކޮށްފި
މަޖިލީހުގައި މިހުށައެޅުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުން ވޯޓު ދެއްވީ މަޖިލީހުގެ ދައުރު ދިގުކުރަން ފެންނަ ކަމަށެވެ، މިހުށައެޅުމާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
06 Dec 2023
ޚަބަރު
އަނެއްކާވެސް މަޖިލީހުގެ ދައުރު ނިންމާލުން ފަސްކުރަން ހުށައަޅައިފި
މަޖިލީހުގެ ޤަވާއިފިގައި ބަޔާންކޮށް އަދި ދައުރުތައް ބަހާފައި އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އަހަރުގެ 3 ވަނަ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް އެދުވަހުވެސް މަޖިލީހުގެ ރިޔާސަތުން ހުށައަޅުއްވައިގެން މަޖިލީހުގެ ދައުރު މާދަމާއާ ހަމައަށް ކުރިޔަށް ގެންދިޔުމަށް ފާސްކުރެއްވިއެވެ.
04 Dec 2023
ޚަބަރު
ކުރީ ސަރުކާރުން ނެރުނު ފްލެޓްލިބޭ މީހުން ލިސްޓްތައް މިސަރުކާރުން އަލުން އިވެލުއޭޓް ކުރާނެ: ހައުސިން މިނިސްޓަރ
މިނިސްޓަރ މިހެން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެކަމަށް ގެޒެޓް ކުރެވިފައިވާ އެންމެހާ ފަރާތްތަކާއި އަދި ކަމުގެ މަސްލަޙަތު އޮތް އެންމެހާ ފަރާތްތަކުގެ ފްލެޓްތައް ބާތިލް ނުކުރުމަށްއެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅިގެން, މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޟިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
04 Dec 2023
ޚަބަރު
ވިޕާ ހިލާފުވުމުގެ ސަބަބުން ޝިޔާންއާއި ޖާބިރުއަށް ފިޔަވަޅު އަޅާއިދޭން އެދެނީ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ން ނެރުނު ތްރީލައިން ވިޕާ ހިލާފުވެފައިވާތީ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ފިޔަވަޅު އަޅައިދޭން އެދެން ނިންމައިފިއެވެ.
03 Dec 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ސަލީމް ހޮވައިފި
ސަލީމް މަޖިލީހުގެ މެމްބަރު ކަމުގެ މަޤާމަށް ހޮވާފައި ވަނީ، މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަލީމް އެމަޤާމަށްއިންތިޚާބުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 51 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އޭނާއާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
03 Dec 2023
ޚަބަރު
ސައޫދީ ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ދެއްކެވި ވާހަކަފުޅުގައި، ސަޢުދީ ޢަރަބިއްޔާއިން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޢަރަބިއްޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ސަޢުދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ދީނީ ރޮނގުން ދެޤައުމުގެ ގުޅުންވެސް އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާތައް ކުރައްވާފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.
03 Dec 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އެމްޑީޕީން ވާދަކުރާނެ މެމްބަރަކަށް ސަލީމް ހޮވައިފި
މިއަދު ހަވީރު ކުރިޔަށް ގެންދިޔަ ޕީޖީގުރޫޕްގެ ބައްދަލުވުމުގައި ނެގި މިވޯޓު އަޙްމަދު ސަލީމް ކާމިޔާބު ކުރެއްވީ، 26 ވޯޓު ހޯއްދަވައިގެންނެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއަށް ލިބިވަޑައިގަތީ 23 ވޯޓެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރަށް ލިބިވަޑައިގަތީ، 4 ވޯޓެވެ. އަދި ދެވޯޓު ބާޠިލްވި އިރު، މިވޯޓުގައި އެމްޑީޕީގެ ޕާލަމެންޓްރޫ ގުރޫޕުގެ 54 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
03 Dec 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ތިންމެމްބަރުން ޝައުޤުވެރިކަން ފާޅުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ވާދަކުރުމަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ މަޖިލީހުގެ އަައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމެވެ.
03 Dec 2023
ޚަބަރު
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އީވާ އިސްތިއުފާދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.