Advertisement

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ---

13 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ ގޮނޑި ދޫކޮށްލައްވަނީތޯ ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ ”ޝުކުރިއްޔާ!“

ސިޔާސީ މައިދާނާއި މިވަގުތު ދުރަށް ވަޑައިގެން އެހެން ވަޒީފާއަކާއި ގުޅިވަޑައިގަންނަވާކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ އިއުލާނު ކުރެއްވި އިރު، އެމަނިކުފާނުގެ މަޖިލީހުގެ ގޮނޑިއާމެދު އުފެދުނު ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލު ރައީސް ނަޝީދު ޝުކުރުއަދާކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަޤާމާއި މަސްއޫލިއްޔަތުތަކަކީ ސިޔާސީ މަސައްކަތްތަކެއް ކަމަށްވާއިރު، ރައީސް ނަޝީދު އިއްޔެ އާއްމު ކުރެއްވި، ބަޔާނުގައި ވިދާޅުވެފައި ވަނީ، ސިޔާސީ ކަންކަމާއި މިވަގުތު ދުރަށްޖެހިވަޑައިގަތުންމަށް ނިންމަވާފައިވާ ކަމަށާއި، އަންނަ ޖެނުއަރީ މަހުން ފެށިގެން، ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީގެ ޖެނެރަލްގެ ވަޒީފާއަށް ވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް، އަދާ ނުކުރެވޭނެ ވަޒީފާތައް ޤާނޫނު އަސާސީގައި ކަނޑައަޅާފައި ވީނަމަވެސް، ރައީސް ނަޝީދު ވަޑައިގަންނަވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީގެ ޖެނެރަލްގެ ވަޒީފާއަކީ އެފަދަ ވަޒީފާއެއް ނޫނެވެ. އެހެން ނަމަވެސް، ސިޔާސީ މައިދާނާއި މިވަގުތު ދުރަށް ވަޑައިގެން ޖެނުއަރީމަހުން ފެށިގެން ބައިނަލްއަޤުވާމީ ޖަމާޢަތެއްގެ ވަޒީފާއާ ގުޅިވަޑައިގަންނަވާކަން ރައީސް ނަޝީދު އިޢުލާނު ކުރެއްވި އިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ނިމޭނީ 2024 މެއި މަހުގެ 27 ގައެވެ. އަދި މީގެ އިތުރުން ރައީސް ނަޝީދު އިއްޔެ އާއްމުކުރެއްވި ބަޔާނުގައި، އެންމެ ފަހުން އެމަނިކުފާނު "ތަމްސީލްކުރީ"، މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރުކަން ކަމުގައި ބަޔާންކޮށް އެދާއިރާގެ މެމްބަރުންނަށް ޚާއްޞަ ޝުކުރެއް ވަނީ އަދާކުރައްވާފައެވެ.

ރައީސް ނަޝީދު ބަޔާނުގައި އިބާރާތްކުރައްވާފައިވާ ކަންކަމަށް ބަލާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ފުރުއްވަމުންގެންދަވާ، މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރުން އިސްތިއުފާ ދެއްވުމާއި ގުޅޭ މޭރުމެއް ފާހަގަވާތީ، އެކަމާއި ގުޅޭ ގޮތުން ރައީސް ނަޝީދަށް ސުވާލު ދެންނެވުމުން، ހަމައެކަނި އެމަނިކުފާނު ދެއްވި ޖަވާބަކީ "ޝުކުރިއްޔާ"އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީގެ ޖެނެރަލްގެ ވަޒީފާއާ ގުޅިވަޑައިގެންވުމަށްފަހުގައިވެސް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމެންދެން މެމްބަރު ކަމުގެ މަޤާމުގައި ދެމިހުންނަވާނަންތޯ ދެވަނަފަހަރަށް ދެންނެވި ސުވާލަށް ރައީސް ނަޝީދު ޖަވާބެއް ނުދެއްވިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުން ރައީސް ނަޝީދު މިވަގުތަށް ދުރަށް ވަޑައިގެންނެވިކަަން އެމަނިކުފާނު އިޢުލާނު ކުރެއްވި އިރު، އެމަނިކުފާނުގެ ޙަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރެއްވީ، ސިޔާސީ މަސައްކަތުގައެވެ. ޚާއްޞަކޮށް ސިޔާސީ މަސައްކަތުގައި އެތައް އަނިޔާއަކާއި ކުރިމަތިލައްވައި، ދިވެހިރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަމާއި، ސިޔާސީ ހަރަކާތްތައް ހިންގުމުގެ މިނިވަންކަމާއި، ދިމިޤުރާތީ ހަމަތަކާއި އުސޫލުތަކާއި، ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތަކާއި، ރައްޔިތުންގެ މެދުގައި އަސާސީ ހައްޤުތަކާއި މިނިވަންކަން ޤާއިމްކޮށްދެއްވުމުގައި ކާމިޔާބީތައް ހޯއްދަވާފައެވެ. އެހެންވެ ރައީސް ނަޝީދު ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންނެވިކަން ޢިއުލާނު ކުރެއްވުމުން ސިޔާސީ ބޭފުޅުންނާއި އާއްމުންގެ ތެރެއިން އެތައް ބަޔަކުވަނީ ރައީސް ނަޝީދަށް އިޚްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.