Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް --

06 Dec 2023
ޚަބަރު
ނޫން

މަޖިލީހުގެ ދައުރު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް އިތުރު ކުރުމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުން މިދާ ދައުރުގެ ޖަލްސާތައް މިޑެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގިއެވެ.

މަޖިލީހުގެ މިހިނގާ ދައުރު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދިޔުމަށް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ.

މަޖިލީހުގައި މިހުށައެޅުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުން ވޯޓު ދެއްވީ މަޖިލީހުގެ ދައުރު ދިގުކުރަން ފެންނަ ކަމަށެވެ، މިހުށައެޅުމާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ މަޖިލީހުގެ ދައުރު އިތުރުކުރެއްވުމަށް ހުށައެޅުއްވީ، މަޖިލީހުގެ ގަވާއިދުގެ 214 ވަނަ މާއްދާގެ ހ. ގެ ދަށުން ބަޖެޓު ކޮމިޓީގެ މަސައްކަތް ނިންމާ ހިނގަމުންދާ މަޖިލީހުގެ ދައުރު ނިންމުމުގެ 7 ދުވަސް ކުރިން ބަޖެޓާ މެދު ގޮތެއް ނިންމުމަށް ހުށަހެޅުމަށް އޮންނާތީކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދައުރު ނިންމާލެވޭނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރެއްވުމަށްފަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.