Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފޮތް --

13 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުން ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖލީހަށް ހުށައެޅި ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން މިއަދު ފާސްކޮށްފިއެވެ.

ބަޖެޓް ފާސްކުރުމަށް މަޖިލީހުގައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، 68 މެމްބަރުންގެ އިއްތިފާޤުންނެވެ.

އަންނަ އަހަރަށް ލަފާކޮށް މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ، 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެވެ.

ބަޖެޓް މަޖިލީހުން ފާސްކުރި އިރު، ސަރުކާރުން ހުށައެޅި ބަޖެޓަށް ބަޖެޓް ދިރާސާކުރި އިރު ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. މިގޮތުން އެންމެ މުހިއްމު ކަމަކަށް ބަޖެޓުން ފާހަގަކުރެވިގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދާއި އެއްގޮތަށް ފުށިދިއްގަރު ފަޅު އާބާދު ކުރުމަށްޓަކައި އެފަޅު ހިއްކުމަށް ބަޖެޓުގައި ސަރުކާރުން ހިމެނި 400 މިލިޔަން ރުފިޔާ އުނިކޮށް، އަދި 306 މިލިޔަން ރުފިޔާ އެހެނިހެން ދާއިރާތަކުންނާއި މަޝްރޫޢުތަކުން އިތުރުކުރުމަށްފަހުގައެވެ.

ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގައި ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓުގައި ހިމެނިފައިސާ އުނިކުރުމުން ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އެކަމަށް ނުރުހުން ފާޅުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.