Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިސްތިއުފާގެ ސިޓީ އަމީން އާއްމު މަޖިލީހަށް އިއްވަވަނީ ---

03 Dec 2023
ޚަބަރު
ނޫން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ތިންމެމްބަރުން ޝައުޤުވެރިކަން ފާޅުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އީވާ ޢަބުދުﷲ އިސްތިއުފާ ދެއްވުމާއި އެކު އެމަޤާމަށް އައު މެމްބަރަކު އިންތިޚާބުކުރުމަށް ހުޅުވާލުމުން މަޖިލީހުގެ އެމްޑީޕީގެ ތިން މެމްބަރަކުން ޝައުޤުވެރިކަން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ވާދަކުރުމަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ މަޖިލީހުގެ އަައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމެވެ.

އެމްޑީޕީން މައުލޫމާތު ދީފައިވާ ގޮތުގައި ނައިބު ރައީސް ކަމުގެ މަޤާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ މެމްބަރަކު ހޮވުމަށް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގައި ވޯޓު ނެގުން މިއަދު ހަވީރު ހަތަރެއް ޖަހާއިރު އޮންނާނެއެވެ. ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ހޮވޭބޭފުޅަކު މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް ހޮވުމަށް އެމްޑީޕީން ތްރީލައިންވިޕް އަޅާނެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީޕާޓީއަކީ، އެމްޑީޕީ ކަމުގައި ވާތީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ނެގޭވޯޓުން މަޖިލީހުގެ ނައިބުރައީސް ކަމުގެ މަޤާމަށް ވާދަކުރުމަށް ހޮވޭ ބޭފުޅަކަށް، އެމަޤާމު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަޤީންކަން އޮންނާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ، މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާ މިރޭގެ، 8:30ގައި ބޭއްވުމަށް މިހާރު އެޖެންޑާކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.