Advertisement

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ---

03 Dec 2023
ޚަބަރު
ނޫން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އެމްޑީޕީން ވާދަކުރާނެ މެމްބަރަކަށް ސަލީމް ހޮވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އެމްޑީޕީން ވާދަކުރާނެ މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް ހޮވައިފިއެވެ.

އަހްމަދު ސަލީމް މިމަޤާމަށް ހޮވާފައިވަނީ، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ސިއްރުވޯޓެއްލައިގެންނެވެ.

މިއަދު ހަވީރު ކުރިޔަށް ގެންދިޔަ ޕީޖީގުރޫޕްގެ ބައްދަލުވުމުގައި ނެގި މިވޯޓު އަޙްމަދު ސަލީމް ކާމިޔާބު ކުރެއްވީ، 26 ވޯޓު ހޯއްދަވައިގެންނެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއަށް ލިބިވަޑައިގަތީ 23 ވޯޓެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރަށް ލިބިވަޑައިގަތީ، 4 ވޯޓެވެ. އަދި ދެވޯޓު ބާޠިލްވި އިރު، މިވޯޓުގައި އެމްޑީޕީގެ ޕާލަމެންޓްރޫ ގުރޫޕުގެ 54 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް މެމްބަރަކު ހޮވުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ، 8:30ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ ގޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ މެމްބަރަކަށް އަހުމަދު ސަލީމް ހޮވިވަޑައިގެންނެވި އިރު، މިރޭ އޮންނަ ވޯޓުގައި އެމްޑީޕީގެ ހުރިހާ މެމްބަރުން ސަލީމްއަށް ވޯޓު ދިނުމަށް ވަނީ ވިޕެއް ނެރޭނެއެވެ. މަޖިލީހުގައި އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮތުމާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް އަޙްމަދު ސަލީމް ހޮވިވަޑައިގަންނަވާނެކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.