Advertisement

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ---

12 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުން ރުހުން ދިނުމުގެ ކުރިންވެސް މަޖިލީހުގައި ވަޒީރުންނާއި ސުވާލުކުރެވޭނެ: މަޖިލީހުގެ ރައީސް

ވަޒީރުންނަށް މަޖިލީހުން ރުހުން ދީފަިއ ނުވި ނަމަވެސް، ވަޒީރުން މަޖިލީހަށް ހާޟިރުކޮށް ސުވާލު ކުރެވޭނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދުއާ ކުރެއްވުމަށް ހުށައަޅުއްވާފައިވާ ސުވާލު ކުރެއްވުން ކުރިޔަށް ގެންދިޔުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ.

ޤާނޫނު އަސާސީ އާއި ޤާނުނުތަކަށް ރިޢާޔަތް ކުރައްވައި އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުގެ ކުރިންވެސް، ވަޒީރުންނަކީ ޤާނޫނާއި އެއްގޮތަށް ހުވާކުރައްވައި ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަައްޔަނުކުރައްވާފައިވާ މެމްބަރުންކަމުގައި ވާތީ، ވަޒީރުންނަށް މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް އުފުއްލެވޭނެ ކަމަށެވެ. އަދި ވަޒީރުންނަށް މަޖިލީހުގެ ރުހުން ނުލިބިއްޖެ ހާލަތެއްގައި އެމެމްބަރުންނަށް ވަޒީރުންގެ މަޖިލީހުގައި ދެމި ނުތިއްބެވޭނެކަމުގައި ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ. އެހެން ކަމުން ރުހުންދީފައި ނުވާ ވަޒީރުން، ރައްޔިތުންގެ މަޖިލީހަށް ހާޟިރުވެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފުރުޞަތު ދެވޭނެ ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މެމްބަރުންނަށް ރުހުން ހޯއްދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށައަޅުއްވާފައިވީ ނަމަވެސް، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމާއި މެދު މަޖިލީހުން އަދި ގޮތެއް ނުނިންމައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.