Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އޮސްޓްރެލިއާ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން --- ފޮޓޯ: މަޖިލިސް

14 Dec 2023
ޚަބަރު

އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑޭވިޑް ޖަސެޕް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް ބައްދަލުކުރައްވައި، އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެ ދެބޭފުޅުން މިކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާފައި ވަނީ، އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މިބައްދަލުކުރެއްވުން އިއްޔެ އޮތީ، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.

މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި ގުޅުން ބަދަހި ކުރެއްވުމާއިގުޅޭ ގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން، ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަނގަކުރެއްވިއެވެ. އަދި، އޮސްޓްރޭލިއާއިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ ޕްރެކްޓިސް ޕާލަމެންޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، އޮސްޓްރޭލިއާ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހިންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުންނާއި އަންނަ އަހަރަށް ލަފާކުރައްވާ ދަޢުލަތުގެ ބަޖެޓާ ގުޅޭގޮތުން އޮސްޓްރޭލިއާ ސަފީރު މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި މަޖިލީހުގައި ގިންތީގެ ހަމަހަމަކަން ގާއިމްވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ދާއިރާތައް ތަމްސީލުކުރެއްވުމުގައި އަންހެން ބޭފުޅުން ފެނިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިކަމުގައިވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.