Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް -- ފޮޓޯ މަޖިލިސް

12 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ބަޖެޓު ބަހުސް ނިމެންދެން މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދަން ހުށައަޅައިފި

އަންނަ އަހަރަށް ލަފާކުރާ، ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަން ބޭނުންފުޅުވާ ހުރިހާ މެމްބަރުންނަށް ފުރުޞަތުދީ މިއަދު ބަޖެޓު ބަހުސް ނިންމާލުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަގުތު އިތުރު ކުރުމަށް މަޖިލީހުގެ ރިޔާސަތުން ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް  މުޙައްމަދު އަސްލަމް، ވިދާޅުވީ، ބަޖެޓު ބަހުސް ނިންމާލުމަށްޓަކައި، މަޖިލީހުގެ ވަގުތު އިތުރުކުރުމަށް ވޯޓަށް އަހާނީ މަޖިލީހުގެ ވޯޓުގަޑީގައި ކަމަށެވެ.

އިއްޔެވެސް ބަޖެޓު ބަހުސް ނިންމާލުމަށް މަޖިލީހުގެ ޖަލްސާގެ ވަގުތު ހަވީރު، 5:00 ހަމައަށް އިތުރު ކުރިއެވެ. އެހެން ނަމަވެސް 3:30 ގައި މަޖިލީހުގެ ރައީސް ޖަލްސާ ނިންމަވާލެއްވީ، ބަޖެޓަށް ބަހުސް ކުރެއްވުމަށް އެދި ވަޑައިގެންނެވި އެއްވެސް މެމްބަރަކު މަޖިލީހުގެ ތަޅުމުގައި އެވަގުތު ނެތުމާއި އެކުގައެވެ.

އިއްޔެގެ ޖަލްސާގައި ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ 19 މެމްބަރުން ބަހުސް ކުރައްވާފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވަނީ، 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް ކޮމިޓީން ގެނައި ބަދަލުތަކާއި އެކު ބަޖެޓުގެ ޖުމުލަ އަދަދު ވަނީ 49.8 ބިލިއަނަށް އަރާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.