Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް --

11 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ވަގުތު އިތުރުކޮށްގެންވެސް ބަޖެޓް ބަހުސް މިއަދު ނިންމާނުލެވުނު

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް ނިންމާލުމަށްޓަކައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ވަގުތު އިތުރުކުރުމަށް ފަހުގައިވެސް، އިތުރު މެމްބަރުން ބަޖެޓަށް ބަހުސް ކުރުމަށް އެދިވަޑައިގެންފައިވާތީ، މާދަމާގެ ޖަލްސާގައިވެސް ބަޖެޓް ބަހުސް ކުރިޔަށް ގެންދިޔުމަށް ނިންމައި މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވީ، 19 މެމްބަރުން ބަޖެޓަށް ބަހުސް ކުރައްވާފައިވާ އިރު އިތުރު 10 މެމްބަރުންނަށް ފުރުޞަތު ނުލިބި ތިއްބެވި ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ 3:30 ހާއިރު މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވީ، ބަޖެޓަށް ބަހުސްކުރެއްވުމަށް އެދިވަޑައިގެންނެވި މެމްބަރުން މަޖިލީހުގެ ތަޅުމުގައި ނެތުމާއި އެކު މާދަމާގެ ޖަލްސާގައި އެމްމެބަރުންނަށް ފުރުޞަތު ދެއްވާނެ ކަން މަޖިލީހުގެ ރައީސް އިއުލާނު ކުރައްވަމުންނެވެ.

ބަޖެޓު ބަހުސް ނިންމާލުމަށް، ޖަލްސާގެ ވަގުތު ހަވީރު 5:00 އާއި ހަމައަަށް އިތުރު ކުރުމަށް ރިޔާސަތުން ހުށައެޅުވުމުން އެގޮތަށް ފާސްކުރުމަށް، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްްބަރުންގެ ތެރެއިން 50 މެމްބަރުން ވޯޓު ދެއްވިއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވަނީ، 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް ކޮމިޓީން ގެނައި ބަދަލުތަކާއި އެކު ބަޖެޓުގެ ޖުމުލަ އަދަދު ވަނީ 49.8 ބިލިއަނަށް އަރާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.