Advertisement

03 Dec 2023
ޚަބަރު
ނޫން

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އީވާ އިސްތިއުފާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.

އީވާ މަގާމުން އިސްތިއުފާ ދެއްވީ މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިތުރުބާރު ނެތްކަމަށް ހުށައަޅައިފައިވަނިކޮށެވެ. މިއަދުގެ ޖަލްސާ ފެށިގެން އީވާއަށްވަނީ ޖަވާބުދާރީވުމަށްވެސް ފުރުސަތު އަރުވާފައެވެ.

އޭނާ އިސްތިއުފާދެއްވީ ޖަވާބުދާރީވެވަޑައިގަތުމުގެގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދެއްކެވުމަށްފަހުއެވެ. ގާތްގަނޑަކަށް 30 މިނެޓު ވަންދެން އީވާ ދެއްކެވި ވާހަކައިގައި ވަނީ އޭނާ ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގައި ހުރި ވަކިވަކި ކަންކަމަށް ޖަވާބު ދެއްވައި ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ކަންކަމާއި ދުވަހަކު ވެސް ނުކުރައްވާނެ ބައެއް ކަންކަން ވިދާޅުވެފައެވެ.

އިވާ އިސްތިއުފާދެއްވީ އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލައިގެ ޖަލްސާ ހިނގަމުންދަނިކޮށް ކަމަށްވާތީ އެޖަލްސާ ކުރިއަށް ގެންދިއުމށް ބައެއް މެމްބަރުން އެދުނެވެ. އެހެންނަމަވެސް އީވާ އިސްތިއުފާދެއްވުމާ ގުޅިގެން ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވޭނެކަން އެންގުމަށްފަހު ރިޔާސަތުން ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ. އަދި މަޖިލީހުގެ އައު ނައިބުރައީސް ހޮވުމަށް މިރޭ 20:30 މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަމަށްވެސް ރިޔާސަތުން އެންގެވިއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.