Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ----

13 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ފަސްޓް ލޭޑީ ސާޖިދާ އާއި ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއިއެކު ސިވިލްސަރވިސް ކޮމިޝަނުން ހަދާފައިވާ އެއްބަސްވުމާިއ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ރައްުޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފިއެވެ.

ފަސްޓް ލޭޑީ ސާޖިދާއާއެކު ސީއެސްސީން ހަދާފައިވާ އެއްބަސްވުން އުުވާލުމަށް ގޮވާލައި، ރައްޔިތުންގެމަޖިލީހަށް ކުއްލި މައްސަލަ ހުށައަޅުއްވަމުން، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވީ، މަޖިލީހަށް އެމައްސަލަ ހުށައެޅުއްވީ، ސިވިލް ސަރވިސްގައި ހިމެނޭ 28000 ވުރެ ގިނަ މުވައްޒަފުންގެ ތެެރެއިން އެއްވެސް މުވައްޒަފަކު އިސްތިސްނާނުކޮށް، ހުރިހާ މުވައްޒަފުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި އަދި އެހެނިހެން ފަރާތްތަކުންވެސް އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި މެމްބަރުންނާއި ހަމައަށް އެކަމުގެ ޝަކުވާތައް އުފުލާފައިވާ ކަަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، އެމައްސަލައިގައި ކަންބޮޑުވުން އޮތް ސަބަބަކީ އެތަނަށް އެނަގާ މުވައްޒަފަކީ އާދައިގެ މީހަކަށްވުން ނޫންކަމަށާއި، އެއުޅެނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހެލްތު މިނިސްޓްރީގެ ވަޒީފާއަކަށް ނަގައިގެން ކަމަށެވެ.

"އިއްޒަތްތެރި ރައީސް، މިމައްސަލަ ފެށުނު ހިސާބުން ފެށިގެންވެސް އަޅުގަނޑުމެންނާއި ހަމައަށް ގުޅި ބޭފުޅުންގެ ތެރޭގައި، މިހާރުގެ ހެލްތު މިނިސްޓަރ ޑރ. ޚަލީލުވެސް އެބަގުޅުއްވާ މިކަމާއި ކަންބޮޑުވެގެން. ހެލްތު މިނިސްޓަރުގެ މައްޗަށް އިތުރު ސުޕަރ މިނިސްޓަރެއް ލާތީ. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް، އެއްވެސް ވަރަކަށް މިކަމާއި މެދު ޝައްކެއްވެސް ނުކުރެވޭ، އެތާނގެ އެންމެ އާދައިގެ ވަޒީފާއެއްގެ ގޮތުގައި، އާދައިގެ މަޤާމެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ފިރިކަލުން ވަޒީފާއަކަށް ވަޑައިގަތަސް، އެންމެނަށް އެބަ އެނގޭ ސާފުކޮށް އެމީހަކު އެވަޑައިގަންނަވަނީ އެތާނގައި ހުންނެވި އެންމެ އިސްވެރިއަކަށް ނުފޫޒް ފޯރުވަންކަން. އޭގެ އަލިގަދަ ދަލީލެއް މިއީ."

ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ --

ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅިވީ، ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީވެސް ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުންވެސް، ހެލްތު މިނިސްޓަރުވެސް އެކަމާއި މެދު ނުރުހޭ ކަމަށާއި އެކަމަކީ، ފަސްޓްލޭޑީ މަޤާމުގެ ހައިސިއްޔަތާއި ބާރާއި ނުފޫޒު ބޭނުންކޮށްގެންކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ދަލީލަކީ،  ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ސިވިލްސަރވިސްގެ ރައީސް ދެއްކެވި ވާހަކަފުޅުކަމަށެވެ. އަދި އެއީ ޤާނޫނާއި ޤަވާއިދުތަކުގެ ބޭނުން ނުހަމަގޮތުގައި ހިފުންކަން މޭރުންވާ ގޮތުަގއި ސިވިލްސަރވިސް ކޮމިޝަންގެ ރައީސް ވާހަކަފުޅު ދައްކަވާފައިވާ ކަން މެމްބަރު ޔައުޤޫބު ފާހަގަކުރެއްވިއެވެ.

ޔައުޤޫބް ވިދާޅުވީ، ސިވިލސް ސަރވިސް ކޮމިޝަނުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް، ވޭޖް އެމްޕްލޯއީމެންޓް އެއްބަސްވުމެއްގެ ދަށުން ނޯޕޭލީވްވެސް ދީފައިވަނީ، ސިވިލްސަރވިސް ޤަވާއިދުގެ 177 ވަނަ މާއްދާގެ (ހ)ގެ 2 ނަމްބަރުގެ ދަށުން ކަމަށާއި އެއީވެސް ޤަވާއިދާއި ޤާނޫނާއި ޚިލާފު ކަމެއް ކަމަށެވެ.

ޔައުޤޫބު މަޖިލީހަށް ހުށައެޅުއްވި މައްސަލަ، 21 މެމްބަރުންގެ ވޯޓާއި އެކު މަޖިލީހަށް ބަލައިގަނެ މަޖިލީހުގައި ވަނީ ބަހުސް ފައްޓަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.