Advertisement

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ---

03 Dec 2023
ޚަބަރު
ނޫން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ސަލީމް ހޮވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ހޮވައިފިއެވެ،

ސަލީމް މަޖިލީހުގެ މެމްބަރު ކަމުގެ މަޤާމަށް ހޮވާފައި ވަނީ، މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަލީމް އެމަޤާމަށްއިންތިޚާބުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 51 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އޭނާއާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ސަލީމް އިންތިޚާބު ކުރުމާއިއެކު މަޖިލީހުގެ، ރިޔާސަތު އަނެއްކާވެސް އެމްޑީޕީއަށް ލިބުނީއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ އޮއްވައި، ރައީސް ނަޝީދާއި އީވާ މަޖިލީހުގެ ރައީސް ކަމަށް ހޮވީ އެމްޑީޕީންނެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ވަނީ، ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމުން އެމްޑީޕީގެ ތެރޭގައި ވަކިފެކްޝަނެއް ހެއްދެވުމަށްފަހުުގައި ފަހުން، ދަޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ހައްދަވާފައެވެ. އަދި އެޕާޓީއަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އަދި ނައިބު ރައީސް އީވާ ޢަބުދުﷲ ސޮއިކުރެއްވުމަށްފަހުގައި މަޖިލީހުގެ ރިޔާސަތު ދޫކޮށް ނުލައްވައި ތިއްބެވުމުން، އެބޭފުޅުން މަޤާމުތަކުން ވަކިކުރުމަށް އެމްޑީޕީގެ މެމްބަރުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.