Advertisement

ރައްޔިތުންގެ މަޖިލިސް

11 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ދެބޭފުޅަކު ސަފީރުކަމަށް އައްޔަނުކުރެއްވުމަށް މަޖިލީހަށް ހުށައަޅުއްވައިފި

ރައީސް ޔާމީނުގެ ސަރުކާރުގައި ވަޒީރުކަން ކުރައްވާފައިވާ ދެބޭފުޅަކު، ދެޤައުމަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި ހަމަޖެއްސެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވައިފިއެވެ.

ސަފީރުކަމަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް ފޮނުއްވި ދެބޭފުޅުންނަކީ، މުޙައްމަދު ޙުސައިން ޝަރީފާއި، އިރްތިޝާމް އާދަމްއެވެ. 

މުޙައްމަދު ހުސައިން ޝަރީފްއަށް ރުހުން ހޯދުމަށް ހުށައަޅުއްވާފައި ވަނީ، ޔޫއޭއީގެ ސަފީރުކަމަށް އޭނާ އައްޔަނު ކުރެއްވުމަށެވެ. އަދި އިރްތިޝާމަށް ރުހުން ހޯދުމަށް ހުށައަޅުއްވާފައި ވަނީ، އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ ގޮތުގައި އޭނާ އައްޔަނުކުރެއްވުމަށެވެ.

މީގެ އިތުރުން އދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅާ ދާއިމީ މަންދޫބުގެ ގޮތުގައި، ޑޮކްޓަރ ޢަލީ ނަސީރް މުޙައްމަދަށް ރުހުން ހޯއްދެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
26 Apr 2025
ޚަބަރު
ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމުގެ ކަންކަން ސަރުކާރުން ހަމަޖައްސައިދީފި
ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާ އަށް މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތަކާއި ބޭސްފަރުވާގެ ހުރިހާ ކަމެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް އާއިލާ އިން ރޭ ބުނެފިއެވެ.
26 Apr 2025
ޚަބަރު
އެމްޑީޕީއިން މޭޑޭގައި ރެލީއެއް ބާއްވަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މޭޑޭގައި މަސައްކަތްތެރިންގެ ހައްގުގައި މަގުމައްޗަށް ނިކުންނަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
26 Apr 2025
ޚަބަރު
ކޮރަޕްޓު ނިޒާމު ރަނގަޅު ކުރެވޭނީ އެ ނިޒާމުގެ ތެރޭގައި ހުރެ: ނަޒާހާ
މިހާރު ރާއްޖޭގައި އޮތް ކޮރަޕްޓު ނިޒާމު ރަނގަޅު ކުރެވޭނީ އެ ނިޒާމުގެ ތެރޭގައި ހުރެކަމަށް ބުނެ، ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ނައިބު ރައީސްކަން ކުރައްވާ ނަޒާހާ ނަޒީމް ބުނެފިއެވެ.
26 Apr 2025
ޚަބަރު
މިނިސްޓަރު އަމީން ކެބިނެޓުން އެކަހެރިކުރުމަށް ގޮވާލައިފި
ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ މައްސަލަ ތަޙުޤީޤަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ ކަމަށާއި، އެހެންކަމުން މިނިސްޓަރ އަމީން މަޤާމުގެ މަސްއޫލިއްޔަތުން މިވަގުތުން ވަގުތަށް އެކަހެރިކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.