Advertisement

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ ޢަލީ ހައިދަރު އަޙުމަދު

04 Dec 2023
ޚަބަރު

ކުރީ ސަރުކާރުން ނެރުނު ފްލެޓްލިބޭ މީހުން ލިސްޓްތައް މިސަރުކާރުން އަލުން އިވެލުއޭޓް ކުރާނެ: ހައުސިން މިނިސްޓަރ

ކުރީ ސަރުކާރުން ނެރުނު ފްލެޓްލިބޭ މީހުން ލިސްޓްތައް އަލުން ބަލައި އިވެލުއޭޓްކޮށް ފްލެޓް ދެވެނީ އެންމެ ހައްޤުވެރިންނަށްކަން ކަށަވަރު ކުރައްވާނެ ކަމުގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ ޢަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެކަމަށް ގެޒެޓް ކުރެވިފައިވާ އެންމެހާ ފަރާތްތަކާއި އަދި ކަމުގެ މަސްލަޙަތު އޮތް އެންމެހާ ފަރާތްތަކުގެ ފްލެޓްތައް ބާތިލް ނުކުރުމަށްއެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅިގެން, މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޟިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ޑރ ޢަލީ ހައިދަރު އަޙުމަދު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމުގެ މަސައްކަތްތައް ހުއްޓާލާފައި އޮތީ، އޭސީސީގެ އެންގުމަށް ކަމަށެވެ. އެހެންވެ އޭސީސީއާ ވާހަކަ ދައްކައިގެން ފްލެޓްތައް ދޫކުރުމާއި ގުޅޭ މަސައްކަތްތައް އަލުން ފަށައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު މިމަސައްކަތަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެންގުމަށް ހުއްޓާލާފައިވާ މަސައްކަތަކަށްވާތީ، އަލުން އެމަސައްކަތް ފެށޭތޯ އަޅުގަނޑުމެން މިދަނީ ކޮމިޝަނާއި މަޝްވަރާކޮށްގެން އަވަސް ކުރެވޭނެ ގޮތެއް ހޯދަމުން. ދެން އިންތިޚާބުގެ ފުރަމަ ބުރުގެ ކުރިން ނެރެފައިވާ ލިސްޓް ރީ އިވެލުއޭޓްކޮށް އެންމެ ޙައްޤުވެރިންނަށް ދިނުމަށޭ އަޅުގަނޑުމެން އިސްކަމެއް ދޭނީ. އެއްވެސް އިރަކު އަޅުގަނޑު ބުނެފައެއް ނުވާނެ މިމަސައްކަތް ހުއްޓާލާނަމެކޭ. އަޅުގަނޑު ބޭނުންވަނީ މި މަސައްކަތްކޮށް އިންސާފުވެރިކަމާއި އެކީގައި، ހައްޤުވެރިންނަށް ފްލެޓްތައް ހަވާލުކުރަން."

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ ޢަލީ ހައިދަރު އަޙުމަދު

ކުރީގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ވިހި ހާހަށް ވުރެ ގިނަ މީހުން ފްލެޓަށް ހުށައެޅިއެވެ. 

3 ކޮޓަރީގެ ފްލެޓް

ފޯމު ހުށައެެޅި މީހުންގެ އަދަދު:  14489

ޝަރުޠު ހަމަވި މީހުންގެ އަދަދު: 12256

ޝަރުުޠު ހަމަ ނުވާ މީހުންގެ އަދަދު: 1733

2 ކޮޓަރީގެ ފްލެޓް

ފޯމު ހުށައެެޅި މީހުންގެ އަދަދު:  6208

ޝަރުޠު ހަމަވި މީހުންގެ އަދަދު: 5378

ޝަރުުޠު ހަމަ ނުވާ މީހުންގެ އަދަދު: 830

ކުރީ ސަރުކާރުގައި ނެރުނު ފްލެޓް ލިސްޓްތައް ބާތިލްކޮށް އަލުން ފޯމްތައް އިވެލުއޭޓްކޮށް، ފްލެޓްތައް ލިބޭނެ ހައްޤުވެރިފަރާތްތައް ކަނޑައަޅުއްވާނެ ކަމުގައި، ޑރ ޢަލީ ހައިދަރު އަޙުމަދު ވިދާޅުވި އިރު، އެމަނިކުފާނު ވަނީ ފްލެޓް ބޭނުންވާ ފަރާތްތަކުގެ ވެއިޓިންގ ލިސްޓެއްވެސް އެކުލަވާލެއްވުމަށް މިހާރު ސަރުކާރުން ނިންމަވާގައިވާ ކަމުގައި ހާމަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.