Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް --

12 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގައި ވަޒީރުންނާއި ސުވާލު ކުރުމުގައި އޮތް ޤާނޫނާއި ޤަވާއިދާއި ޚިލާފް ޘަޤާފަތް މަޖިލީހުގެ ރައީސް ނިމުމަަކަށް ގެންނަވައިފި

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލު ކުރުމުގައި މިހާތަނަށް ހިނގަމުން އައި ޤާނޫނާއި ޤަވާއިދާއި ޚިލާފް ޘަޤާފަތް ހުއްޓަވާލައްވައި، އެކަން ނިމުމަކަށް ގެންނެވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އިއުލާނު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގައި މެމްބަރުންނަށް ވަޒީރާއި އިތުރު ސުވާލު ކުރެވޭނީ، މަޖިލީހަށް ވަޒީރު ޖަވާބު ދެއްވުމަށް ހާޟިރުވެވަޑައިގެންނެވި ސުވާލާއި، އެސުވާލާއި ގުޅިގެން ވަޒީރު ދެއްވި ޖަވާބާއި ގުޅިގެން މެމްބަރުން ކުރައްވާ އިތުރު ސުވާލުތައް ކަމަށެވެ. އަދި އެއީ ޤާނޫނުގައި އެކަން ކަނޑައަޅާފައި އޮތް ގޮތް ކަމަށާއި، އެހެން ކަމުން ވަޒީރު ޖަވާބު ދެއްވުމަށް ހާޟިރުވެވަޑައިގެންނެވި، ސުވާލާއި ނުގުޅޭ، އަދި ވަޒީރު ދެއްވި ޖަވާބާއި ނުގުޅޭ ސުވާލުތަކަށް ފުރުޞަތު ނުދެއްވޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސް އަސްލަމް އެކަން ޢިއުލާނު ކުރެއްވުމަށްފަހުގައި ވެސް، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދު ކުރެއްވި ސުވާލާއި އެސުވާލަށް މިނިސްޓަރު ދެއްވި ޖަވާބައި ނުގުޅޭ ސުވާލުތައް މެމްބަރުން ވަނީ ކުރައްވާފައެވެ. މެމްބަރުން ކުރެއްވި ނުގުޅޭ ސުވާލުތައް މަޖިލީހުގެ ރިޔާސަތުން ބަލައި ނުގަތުމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެކަމާއި މެދު ނުރުހުން ފާޅު ކުރައްވާފައެވެ.

މީގެ އިތުރުން ނުގުޅޭ ސުވާލުތައް މެމްބަރުން ކުރައްވަމުން ގެންދަވާތީ، މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް އަމަލު ކުރައްވައި އެއްބާރުލުން ދެއްވުމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އެދިވަޑައިގެންނެވިއެވެ.

"އިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން، މިކަން މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް، ކުރިޔަށް ގެންދެވޭނީ ޢިއްޒަތްތެރި މެމްބަރުންގެ، އެއްބާރުލުމާއި އެހީތެރިކަމާއި އެކު. އަޅުގަނޑު ސުވާލުތައް ފަށަމުންވެސް ދަންނަވައިފިން ވަރަށް ސާފުކޮށް، މަޖިލީހުގެ ޤަވާއިދުގައި އެކަންޏެއް ނޫން، ވަޒީރުންނާއި ސުވާލު ކުރުމުގެ ވަކި ޤާނޫނެއް، ޚާއްޞަ ޤާނޫނެއް މިއިއްޒަތްތެރި މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް އަމަލުކުރަމުން އެބަދޭ. ޤާނޫނުގަޔާއި ޤަވާއިދުގައި، އަދި ޤާނޫނު އަސާސީގައިވެސް ވަޒީރުންނާއި ސުވާލު ކުރެވޭ ގޮތް ބަޔާންކުރެވިފައި އެބަވޭ. އެހެންކަމުން މިހަމަތަކުގެ ބޭރުން، ވަޒީރުންނާއި ސުވާލުކުރުމުގެ ޖާގަ އަޅުގަނޑު މިގޮނޑީގައި އިނދެގެން އެފުރުޞަތު އަރުވަން ވަރަން އުނދަގޫ."  

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހަށް ސުވާލުކުރުމަށް މީގެ ކުރިން ވަޒީރުން ހާޟިރުކުރުމަށް ފަހުގައި، ހާޟިރު ކުރެވުނު ސުވާލާއި ނުގުޅޭ ސުވާލުތައް މެމްބަރުން ކުރުމާއި، އެ ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވުމަށް މަޖިލީހުގެ ރިޔާސަތުން އެންގެވުމަކީ، ޘަޤާފަތެއްގެ ގޮތުގައި ހިނގަމުން އައި ކަމެކެވެ. އަދި ނުގުޅޭ ސުވާލުތައް މެމްބަރުން ކުރައްވާތީ، ވަޒީރުންވެސް އެކަމާއި މެދު ނުރުހުން ފާޅުކުރައްވާފައިވެސް ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.