Advertisement

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު -- ފޮޓޯ: މަޖިލިސް

24 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރޯދަމަހު އިންތިޚާބުތައް ނުބާއްވާ ގޮތަށް އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާޙް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިއަހަރުގެ ރަމަޟާންމަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، ރަމަޟާން މަހު އިންތިޚާބުތައް ނުބާއްވާގޮތަށް ހަމަޖެއްސުމަށް އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނަށް، އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު އިސްލާޙެއް ހުށައަޅުއްވައިފިއެވެ.

ޝިފާޢު ވިދާޅުވީ އިންތިޚާބާއި ބެހޭ އާއްމު ޤާނޫނަށް އިސްލާޙް ހުށައެޅުއްވީ، ރަމަޟާންމަހަށް އިންތިހާބު ތާވަލުކުރެވޭތީ ރައްޔިތުންގެ މެދުގައިއޮތް ބޮޑުނުތަނަވަސްކަމާއެކު އިންތިހާބުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެދާނެކަމަށްއޮތް ކަންބޮޑުވުމަށް ހައްލެއްހޯއްދެވުމަށް ކަމަށެވެ.

މިގޮތުން އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ)އަށް ހުށައަޅާފައިވާ އިސްލާޙްގައި ބުނެފައި ވަނީ، ރަމަޟާންމަހުގެ ދުވަހެއްގައި އިންތިޚާބު ބާއްވައިގެން ނުވާނެ ކަމަށާއި، ރަމަޟާން މަހާއި ދިމާވާނަމަ އެ އިންތިޚާބެއް ބާއްވާން ވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

މީގެ އިތުރުންވެސް އިންތިޚާބާއި ބެހޭ ޤާނޫނުގެ މާއްދާތަކަށް ގިނަ އިސްލާޙްތަކެއް މެމްބަރު ޝިފާޢު ވަނީ ހުށައަޅުއްވާފައެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަމަހުގެ ކުރިންވެސް އަދި ފަހުންވެސް ބޭއްވެންއޮތީ، ޤާނޫނު އިސްލާޙްކޮށްގެން ކަމުގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤުވެސް ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެކަން ފާހަގަކުރެއްވި ކަމުގައިވެސް ފުވާދު ވަނީ ވިދާޅުވެފައެވެ.

މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ، 17 މާރިޗު 2024ވާ އާދީއްތަ ދުވަހުގައެވެ. އެދުވަސް ދިމާ ވަނީ، ރަމަޟާން މަހުގެ 7 ވަނަ ދުވަހާއެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަސް ފެށޭނީ މާރިޗު މަހުގެ 11 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.