Advertisement

ހުޅުމާލެދާއިރާގެ މެމްބަރު ޢަލީ ނިޔާޒް --

05 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ޢަލީ ނިޔާޒް ކުރެންދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރުގެ ގޮތުގައި މިހާރު ހުންނެވި، މެމްބަރު ޢަލީ ނިޔާޒް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ފާދިއްޕޮޅު ކުރެންދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަން އިޢުލާނު ކުރައްވައިފިއެވެ.

ކުރެންދޫ ދާއިރާއަށް ކުރިމަތިލައްވާނެކަން އިޢުލާނު ކުރައްވައި، ޢަލީ ނިޔާޒު ވިދާޅުވެފައި ވަނީ،  ކުރެންދޫ، އޮޅުވެލިފުށި ރައްޔިތުންގެ ހައްޤުގަ 20 ވަނަ ރައްޔިތުން މަޖިލީހުގައި ވަކާލުތުކޮށް، ޤާނޫނުތަކަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނެސް ސަރުކާރު ޖަވާބުދާރީ ކުރުމުގައި ސާބިތު ކަމާއިއެކު ދެމިހުންނަވާނެ ކަމަށެވެ.

މީގެ އިތުރުން،  ފެހި ޤާނޫނުއަސާސީއާއިއެކު ރާއްޖެއަށް ތައާރަފްވި ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމް ގައި ވެރިކަން ހިންގާ ޕާޓީއާ އެއްވަރުގެ ޒިންމާއެއް މައި އިދިކޮޅު ޕާޓީގެ ބޮލުގައިވެސް އެޅިފައި އޮންނަކަމަށް ޤަބޫލްކުރައްވާކަމަށާއި، އެހެންވުމުން ސަރުކާރުތައް ބަދަލުވާ ކޮންމެ ފަހަރަކު އެދާއިރާގެ ރައްޔިތުން ގެ އަޣުލަބިއްޔަތުން ވަކި މުއްދަކަށް ވަކި ސިޔާސަތުތަކެއް ކުރިއެރުވުމަށް ވަކި ފިކުރަކަށް އިންތިޚާބްކުރި ރައްޔިތުންގެ މަންދޫބަކު އެގޮތުގައި ދެމި ހުންނަންޖެހޭނެކަމުގައި ދެކޭ ކަމުގައިވެސް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓްގައި ކުރެންދޫ ދާއިރާއަށް ވާދަކުރައްވާނޭކަން ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު އިޢުލާނު ކުރެއްވި އިރު، އެދާއިރާއަށް އެމްޑީޕީން ހޮވި މަޖިލިސް މެމްބަރު ޢަބުދުލްޣަނީ ޢަބުދުލްހަކީމް ވަނީ ޕާޓީން ވަކިވެވަޑައިގެން ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް ސޮއެކުރައްވާފައެވެ. އަދި އެދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި އޭނާ ވާދަކުރައްވާނޭކަން ސާފެއް ނުވެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހާ މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް، އެދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ޓިކެޓްގައި ނުކުތް ކެންޑިޑޭޓުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.