Advertisement

ރައްޔިތުންގެ މަޖިލިސް

27 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މިސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭ ވޯޓު މާދަމާ

މިސަރުކާރުގެ 22 ވަޒީރުންނަށް ރުހުންދިނުމާއި ގުޅޭ މައްސަަލަައިގައި މާދަމާ ވޯޓަށް އެހުމަށް ނިންމައި މަޖިލީހުގެ ޚާއްޞަ ޖަލްސާގެ އެޖެންޑާ އާއްމުކޮށްފިއެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ، ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެކެވެ. ދައުރުން ބޭރުގައި ބޭއްވުމަށް ހަމަަޖައްސާފައިވާ މަޖިލީހުގެ ޖަލްސާގައި މާދަމާ ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިއްމު ކަންކަމަކީ، މިސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭ ގޮތުން، ވޯޓަށް އެހުމާއި އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ހުށައަޅުއްވާފައިވާ ބިލްގެ މަސައްކަތް ކުރިޔަށް ގެންދިޔުމެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލާއި، ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި، އެމައްސަލަ މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވުން ހިމެނެއެެވެ.

އާއްމު ގޮތެއްގައި މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓުތަކުގައި ވޯޓަށް އަހާނީ މެންދުރު ފަހު 1:30ގައެވެ. މާދަމާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދިޔުމަށް އެޖެންޑާގަިއ ހިމަނާފައި ވާއިރު، އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ މެޖޯރިޓީ އޮތް މަޖިލީހުން ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ވަޒީރުން މަޤާމުން ވަކިވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.