Advertisement

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ---

17 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ކުންފުންޏާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ސަރުކާރުން ހުށައެޅި ގޮތަށް މަޖިލީހުން ފާސްކުރައްވައިފި

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާމް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި، ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު, ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފިއެވެ.

މިބިލް ފާސްކުރުމަށް މިއަދު ގެ ޖަލްސާގައި ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 85 މެމްބަރުންވެސް ވޯޓު ދެއްވީ، ސަރުކާރުން ހުށައެޅި ގޮތަށް ބިލް ފާސްކުރަން ފެންނަ ކަމަށެވެ. 

މިބިލް މަޖިލީހަށް ބަލައިގަތީ އިއްޔެއެވެ. ކޮމިޓީއަށް ބިލް ފޮނުވިތާ ދެތިން ގަޑިއިރުގެ ތެރޭގައި ކޮމިޓީންވެސް ބިލް ފާސްކުރި އިރު، މިބިލް ދިރާސާކުރުމަށް ބޭއްވި އިޤުތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި ބިލް ފާސްކުރުމަށް ހޭދަވީ 10 މިނިޓެވެ. 

މިބިލުން ކުންފުނީގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވި އެންމެ މުހިއްމު ބަދަލަކީ، ކުންފުނީގެ ހިންގާ ޤަވާއިދުން ކުންފުނީގެ ބޯޑަށް މެމްބަރުން ޢައްޔަނުކުރެވޭނެ ޢަދަދުތައް ކަނޑައެޅުމާއި، ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އާއި ޚާއްޞަގޮތުން ބާއްވާ އާއްމު ޖަލްސާތަކުގެ ނޯޓިސްގެ މުއްދަތު ކުރު ކުރުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.