Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން ---

22 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ ޕީޖީ ހުސައިން ޝަމީމު އިސްތިއުފާ ދެއްވާފައި ވަނިކޮށް މަޤާމުން ވަކިކުރުމުގެ ވޯޓު ނަގައިފި

އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ ޕީޖީ ހުސައިން ޝަމީމު އިސްތިއުފާ ދެއްވާފައި ވަނިކޮށް މަޤާމުން ވަކިކުރުމުގެ ވޯޓު ނަގައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ނައިބު ރައިސް އަހުމަދު ނާޒިމް ވޯޓަށް އައްސަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ޕީޖީގެ އިސްތިއުފާ ސިޓީ ނުލިބޭކަމަށް، މަޖިލީހުގެ ސެކްރެޓޭރިއަޓުން މައުލޫމާތު ދެއްވާފައިވާ ކަމަށް ވިދާޅުވެއެވެ. މަޖިލީހުގެ ތަޅުމުގައި ޕީޖީ ވަކިކުރަން ވޯޓަށް އެހުމުން އެވޯޓުގައި، 75 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން 65 މެމްބަރުން ޕީޖީ މަޤާމުން ވަކިކުރުމަށް ވޯޓު ދެއްވި އިރު، ޕީޖީ މަޤާމުން ވަކިކުރަން ނުފެންނަ ކަމަށް 9 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވައި އެއް މެމްބަރަކު އިންނެވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މަޤާމުން އިސްތިއުފާ ދެއްވައި އެކަން އާއްމު ކުރެއްވީ މަޖިލީހުގެ ޖަލްސާ ފެށުނުތަނާއެވެ. މަޤާމުން އިސްތިއުފާ ދެއްވިކަން ޚުދު އެމަނިކުފާނު، މީޑިއާތަަކަށް ކަށަވަރުކޮށްދެއްވިއެވެ.

"އަޅުގަނޑުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން އާންމުކޮށް އިއުލާނު ކުރައްވާފައި، އެ ކަންކަމަށް އަޅުގަނޑު ދޭން އޮތް ޖަވާބު، އާންމުންނަށް ނުއިވޭގޮތަށް ސިއްރުކުރުމަކީ، އަދުލް އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާވެސް ހިލާފު ކަމަކަށްވާތީ، މިކަންކަމާ އިހުތިޖާޖުކުރުމުގެ ގޮތުން، ގާނޫނުއަސާސީގެ 226 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމުން އަޅުގަނޑު އިސްތިއުފާ ދީފިން،"

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް --

ޕީޖީ ހުސައިން ޝަމީމް މަޤާމުން ވަކިކުރަން ހުށައެޅުއްވީ، ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.