Advertisement

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ---

14 Aug 2024
ރައްޔިތުންގެ މަޖިލިސް
ޢަލީ ސުލައިމާން

ބިދޭސީނާއި މެދު އިހުމާލުވާ ފަރާތްތައް 50000ރ އިން ޖޫރިމަނާކުރާ ގޮތަށް ރެޑް ވޭވް ސަލީމްގެ ވޯޓާއި އެކު އިސްލާޙް ފާސްކޮށްފި

ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންނާއި މެދު ވަޒީފާ ދޭފަރާތްތަކުން އިހުމާލުވެއްޖެނަމަ، އެފަރާތްތައް 50000ރ އިން ޖޫރިމަނާކުރުމަށް، ވަޒީފާ އާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލަށް ހުށައެޅި ހުށައެޅުން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ދެއްވި ވޯޓާއި އެކު ފާސްކޮށްފިއެވެ.

މި އިސްލާހް ފާސްކުރުމަށް ކޮމިޓީ މަރުޙަލާގައި ވޯޓަށް އެހުމުން، ވޯޓު އެއްވަރުވުމުން ގޮތެއް ކަނޑައަޅަށް ވޯޓު ދެއްވަން ޖެހިވަޑައިގަތީ، ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އަށެވެ. ސަލީމަކީ ވެސް ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން ގެންގުޅުއްވާ ބޭފުޅެއް ނަމަވެސް، އެ މާއްދާ އޭނާގެ ވޯޓުން ފާސްކުރެއްވި އިރު، އެކޮމެޓީގައި ހިމެނިވަޑައިގެން ތިއްބެވި އެހެން ބޮޑެތި ވިޔަފާރިވެރިން ވޯޓު ދެއްވާފައި ވަނީ އެގޮތަށް ފާސްކުރުމަށް ނުފެންނަ ކަމަށެވެ. އޭގެ ތެރޭގައި ޤާސިމް އިބްރާހީމާއި، މެމްބަރު ނާޒިމް ހިމެނިވަޑައިގަންނަވައެވެ.

ވަޒީފާ އާއި ބެހޭ ޤާނޫނަށް ގެންނަ އިސްލާޙުގައިވާ ގޮތުން، ބިދޭސީންނާއި މެދު އިހްމާލުވާ މައްސަލަތަކުގައި އެ ޖޫރިމަނާ ކަނޑައަޅާނީ ކޮންމެ މީހަކަށް ވަކިވަކީންނެވެ. އެހެންވެ އެކަމާއި މެދު ކޮމިޓީގައި ތިއްނެވި ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދިނުމާއި އިހުމާލުވުމުގެ މައްސަލަތައް ގިނައިރު، ޤާނޫނަށް ގެންނަ އިސްލާޙްގައި ވަނީ، މުސާރަ އާއި އިނާޔާތްތައް ނުދިނުމާއި، އަސާސީ ހައްޤުތައް ފޯރުކޮށް ނުދިނުމާއި، ވަޒީފާގެ ޒިންމާ އާއި މަސްއޫލިއްޔަތުގައި ނުހިމެނޭ މަސައްކަތްތައް ކުރުވުމާއި، ޤާނޫނާއި ޚިލާފު މަސައްކަތްތައް ކުރުވުމަކީ، އިޙްމާލުވުންކަން ކަނޑައަޅާފައެވެ. އެހެން މިގެންނަ ބަދަލުގެ ސަބަބުން ބިދޭސީ މުަވައްޒަފުންނަށް މުސާރަ ނުދިނުން ފަދަ މައްސަލަ ތަކުގައި، ވަޒީފާދޭ ފަރާތް 50000ރ އިން ޖޫރިމަނާކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އެހެން ނަމަވެސް މިބިލް ޤާނޫނަކަށް ވެގެންދާނީ، މަޖިލީހުގެ ތަޅުމުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައި ގެޒެޓް ކުރެއްވުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.