Advertisement

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

06 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށުން ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ޖަލްސާތައް ފެށުން އެއް ހަފްތާއަށް ފަސްކޮށްފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެގޮތަށް ނިންމެވިކަން މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މެމްބަރުންނަށް އަންގާފައެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ޖަލްސާތައް ފެށުމަށް، މިހާރު ހަމަޖައްސަވާފައި ވަނީ މިއޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހެވެ.

ޖަލްސާތައް ފެށުން އެއްހަފްތާއަށް ފަސްކުރުމަށް މަޖިލީހުގެ ރައީސް ނިންމަވާފައި ވަނީ  މަޖިލީހުގެ ތަޅުމުގައި ކުރިޔަށްދާ ޖަލްސާތަކާއި، ކޮމިޓީތައް ލައިވް ބްރޯޑްކާސްޓްކުރުމަށް ވީޑިއޯ ރޫމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިޔަށްދާތީ ކަމުގައިވެސް މެމްބަރުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިފަސްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިންޑިއާއަށް މިއަދު ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައި ވަނިކޮށެވެ. އަދި މަޖިލީހުގެ ޖަލްސާތައް 14 އޮކްޓޯބަރުގަިއ ފަށާއިރު، ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގަންނަވާނީ، އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އެދަކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙްވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.