Advertisement

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޝަމްހީދު ---

29 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ ޒިންމާއަކީ ހަމައެކަނި މުސާރަ ދިނުންކަމަށް ދެކިގެން ނުވާނެ: މެމްބަރު ޝަމްހީދު

ސަރުކާރެއްގެ ޒިންމާ އަކީ މުސާރަ ދިނުން އެކަނި ކަމަަށް ދެކިގެން ނުވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެލުނު ދާއިރާގެ މެމްބަރު އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މެމްބަރު ޝަމްހީދު މިހެން ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީގެ ޓީމެއް، ގއ. ދެއްވަދޫއިން ބޭރުކޮށްލި މައްސަލައާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަމްހީދަކީ، ދެއްވަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. ހުޅުމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ 3 ގޮނޑިވެސް ފުރުއްވަމުން ގެންދަވަނީ ދެއްވަދޫއަށް ނިސްބަތްވާ ބޭފުޅުންނެވެ.

މެމްބަރު ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ،  ސަރުކާރެއްގެ ޒިންމާ އަކީ މުސާރަ ދިނުން އެކަނި ކަމަަށް ދެކިގެން ނުވާނެ ކަމަށާއި، މަސްވެރިނާއި އަދި އެހެނިހެން އިންޑަަސްޓްރީ ތަކުގައި މަސައްކަތް ކުރާ އާއިލާތަކަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެއާއިލާތަށް ވަނީ ބިކަވެފައި ކަމަށެވެ. އަދި މިފެންނަނީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލާންފެށީމަ ފެންނާނެ މަންޒަރުތަކުގެ ކުޑަމިންވަރެއް ކަމުގައި މެމްބަރު ޝަމްހީދު ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. މިސަރުކާރު ފެށިގެން މިހާތަނަށްވެސް ރާއްޖެ ހިނގަމުން އަންނަނީ އިޤުތިޞާދީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގައި ކަމަށްވުމާއިއެކު މަސްވެރިން ކިރުވާމަހަށް އެކަށީގެންވާ އަވަސްމިނެއްގައި ފައިސާ ނުދެވުމަކީ ސަރުކާރަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.