Advertisement

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް --

08 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭން ބޭރުގައި ތިބި ދަރިވަރުންނާއި މެދު ސަރުކާރުން ކަންބޮޑު ނުވާކަން ހާމަވީ، މަޖިލީހުގައި ސަރުކާރު މެމްބަރުން ދިން ވޯޓުން!

ރާއްޖޭން ބޭރުގައި ތިބި ދަރިވަރުންނާއި މެދު ސަރުކާރުން ކަންބޮޑު ނުވާކަން، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ގާތްގަނޑަކަށް ސަރުކާރުގެ ހުރިހާ މެމްބަރުންގެ ވޯޓާއި އެކު މައްސަލަ ބޭރު ކޮއްލުމުން ހާމަވެގެން ހިނގައްޖެއެވެ.

ސަރުކާރުގެ ހަރަދުގައި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ލިބެމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލީ، ސަރުކާރަށް ތާއީދު ކުރާ 72 މެމްބަރުންގެ ވޯޓުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ 76 މެމްބަރުން ތިއްބަވައެވެ. މީގެ އިތުރުން އެމައްސަލަ ބަލައިގަތުމަށް މަޖިލީހުގައި ވޯޓުދިނީ އެންމެ 12 މެމްބަރުންނެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ.

ޕީއެންސީގެ މެމްބަރުންގެ އިތުރުން، މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމާއި ދެކޮޅަށް ވޯޓުދިން މެމްބަރުންގެ ތެރޭގައި ޖުމްހޫރީޕާޓިގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމާއި، މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ގޮނޑި ތަމްސީލްކުރައްވަމުން ގެންދަވާ، ޢަބްދުލްހަންނާނު އަބޫބަކުރާއި، އެމްޑީއޭގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޢައްބާސްވެސް ހިމެނިވަޑައިގަންނަވައެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިިވަރުންނާއި، ސްޓޫޑެންޓް ލޯނު ހަމަޖެހި އަލަށް ކިޔަވަން ފެށުމަށް ތައްޔާރުވަމުންދާ ދަރިވަރުންނަށްވެސް ލޯނު ފައިސާ ނުލިބޭތީ ބައެއް ދަރިވަރުންނާއި ދަރިވަރުންގެ އާއިލާތަކުން ދަނީ، އެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގައުމީ ބޭންކު, ބޭންކް އޮފް މޯލްޑިވުސް، ޑޮލަރު ލިމިޓް އިތުރަށް ދަށްކުރުމާއި ގުޅިގެންވެސް ބެލެނިވެރިންނާއި ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޑޮލަރު އެކައުންޓްތަކުންވެސް ދަރިވަރުންނަށް، ރާއްޖެއިން ބޭރަށް ޑޮލަރު ނުފޮނުވޭކަމަށް ބުނެ އާއްމުން އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ.

ރާއްޖޭގެ މާލީ އަދި އިޤުތިޞާދީ ޙާލަތު ވަނީ ނުރައްކާތެރި ދަރަޖައަކަށް ދަށަށް ގޮސްފައެވެ. އަދި ރާއްޖެއިން އަދާކުރަންޖެހޭ ބޭރުގެ ލޯނުތަށް އަދާނުކުރެވި، ރާއްޖެ ބަނގުރޫޓްވެދާނެ ކަމުގެ ބިރުއޮތްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.