Advertisement

ކުރީގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު --

30 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްްއެމްއޭގެ ގަވަރުނަރަކަށް ކުރީގެ ފިނޭންސް މިނިސްޓަރު ޢައްޔަނުކުރަން ރައްޔިތުންގެ މަޖިީހުން ފާސްކޮށްފި

މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މުނައްވަރު އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމަށް ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުންގެ އިއްތިފާޤުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވި މުނައްވަރު، މިސަރުކާރުން ވަނީ މިނިސްޓަރެއްގެ ފެންވަރުގައި، ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުންގެ ގޮތުގައި އައްޔަނު ކުރައްވާފައެވެ.

އެންމެ ފަހުން އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމުގައި ހުންނެވީ، އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމުގެ މަޤާމުވެސް ފުރުއްވި ޢަލީ ހާޝިމެވެ. މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ތުހުމަތުކޮށް އަލީ ހާޝިމް ވަނީ އެމަޤާމުން ވަކިކޮށްފައެވެ.

ސަރުކާރުން އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމުން ޢަލީ ހާޝިމް ވަކިކޮށް، އެމަޤާމަށް މުނައްވަރު ޢައްޔަނުކުރުމަށް ނިންމާފައި މިވަނީ، ދައުލަތުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.