Advertisement

ރައްޔިތުންގެ މަޖިލިސް

03 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ސިޔާސީ މަޤާމުތަކުގެ އަދަދާއި، ސިޔާސީ މަޤާމުތަކަށް ކުރާ ހޭދަ އެނގެން ރައްޔިތުން ބޭނުންވިޔަސް، ރައްޔިތުންގެ މަންދޫބުން އެކަން ބަލާކަށް ބޭނުމެއް ނުވި!

މިސަރުކާރުން ސިޔާސީ މަޤާމުތަކަށް ޢައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި، ސިޔާސީ މަޤާމުތަކަށާއި، ސަރުހިއްސާވާ ކުންފުނިތަކުގެ މުސާރައަށް ކުރާ ހޭދަ ހާމަކުރުމަށް ގޮވަލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤަރާރު މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

އެމައުލޫމާތު ހާމަކުރުން ލާޒިމް ކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. 

ކުއްލި މައްސަލަ މަޖިލީހަށް ހުށައެޅުއްވި ސަބަބެެއް ކަމުގައި، މީކާއީލް ނަސީމް ފާހަގަކުރެއްވީ، ސަރުކާރުން އެމައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދަމުންދާ ކަމެވެ. މީޑިއާތަކުން ތަކުރާރުކޮށް ސުވާލުކޮށްގެންވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ކޮމިޓީ މެމްބަރުން އެސުވާލުކޮށްގެންވެސް ސަރުކާރުން އެ މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ. އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ފޯމް ހުށައަޅައިގެންވެސް އެމައުލޫމާތު ސަރުކާރުން ނުދިނެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީއަށް، ސާފު ސުޕަރމެޖޯރިޓީއެއް އޮތް އިރު، މިމައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި، 56 މެމްބަރުން ވޯޓު ދެއްވާފައި ވަނީ، އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ.

ސިޔާސީ މަޤާމުތަކުގެ އަދަދުތައް ސަރުކާރުން ހާމަކުރަން ބޭނުންނުވާ ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް އެމައުލޫމާތު ސިއްރު ކުރަމުންދާތީ އެކަމާއި ގުޅިގެން އާއްމުންނާއި މީޑިއާތަކުން އަދި އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް
ހަތަރުފުށް
އަޅުގަނޑުގެ ސަރުކާރަކީ ވަށައިގެން 6 ފަރާތުން ފެންނަ ސަރުކާރެކޭ ބުނިހަނދާނެއް މިހާރަކު ނެތް!؟؟؟ މިހާރު މިފެންނަނީ ވަށައިގެން ބަންދުވެ ނޭވާހޮޅިއަށް އެޅިގެން އުޅޭ ތަން!!
03 Jul 2024
ކަލީމާ
ކޮބާ ތޯ؟ އަޒާން. ނޫސްވެރިޔާ. އެ ސުވާލަށް ޖަވާބެއް ހޯއްދަވައި ދެއްވާ.
03 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.