Advertisement

ރައްޔިތުންގެ މަޖިލިސް --

02 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައިފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި، ރާއްޖޭގެ އެންމެ މުއްސަނދި އެއް ބޭފުޅާ, ވިލާގުރޫޕްގެ ބާނީ ޤާސިމް އިބްރާހިމް ރައްޔިތުންގެ  މެމްބަރުންގެ މުސާރަ ކުޑަކުރެއްވުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައިފިއެވެ.

ދައުލަތުގެ ޚަރަދު ބޮޑުވެ ރާއްޖޭގެ އިޤުތިޞާދު ހީނަރުވެ، ރާއްޖެ ބަނގުރޫޓް ވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ މިދަނޑިވަޅުގައި އާއްމު ރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް، މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރެއްވުމަށް ތާއީދު ކުރައްވައި ވާހަކަފުޅު ދެއްކެވުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ޤާސިމް އިބްރާހީމް ވަނީ އެކަމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރެއްވުމާއި ދެކޮޅަށް ޤާސިމް އިބްރާހީމް ވާހަކަފުޅު ދެއްކެވީ،  ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި, ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ، ޤަރާރުގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރައާއި އިނާޔަތްތަކާއި އެކު މިހާރުވެސް 82000ރ އަށް ވުރެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާއިރު، ޤާސިމް އިބްރާހިމް ވަނީ މެމްބަރުންނަށް ލިބިވަޑައިގަންނަވާ މުސާރަ މިހާރުވެސް ކުޑަކަން ފާހަގަކުރައްވައި، މެމްބަރުންގެ މުސާރަ ކުޑަކުރެއްވުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ލިބޭ 20000ރ ގެ ލިވިންގ އެލަވަންސަކީވެސްވެސް މެމްބަރުންނަށް ފުދޭ މިންވަރު ނޫންކަމުގައިވެސް ޤާސިމް އިބްރާހިމް ވަނީ ފާހަގަކުރައްވާފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެހެން އެއްވެސް ސިފައެއްގައި، ހައްޤު ގޮތުގައި އަތަށް ލާރިއެއް ލިބޭނޭ ގޮތެއް އޮތް ބައެއް ނޫން. ދައުލަތުގެ ހުރިހާ މަސައްކަތްތައް ކުރާ، ވުޒާރާތަކާއި އަދި އެނޫން އެހެން ކުންފުނިތަކާއި ތަންތަނުގެ ވެރިންނާއި އެތަންތަނުގެ މުވައްޒަފުންނަށް، ލިބޭ ފަދައިން ފައިސާ އަތުގައި ޖެހޭ ބައެއް ނޫން ރައްޔިތުންގެ މަޖިލިސްގެ އިއްޒަތްތެރި މެމްބަރުންގެ ގޮތުގައި އެ ތިއްބެވީ. އެހެންވީމާ، އެއްގޮތަކަށްވެސް، 5 އަހަރު 5 ދައުރު 6 ދައުރު އަޔަސްވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކަށް، ލިމިޓެއް އޮތްތަނެއް އަޅުގަނޑު އަޑުއަހާފައެއް ނެތް ދުނިޔޭގެ އެއްވެސް ޤައުމެއްގައެއް."

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް --

ރައްޔިތުންގެ މަޖިލީހުގެ  މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި, އެ ޤަރާރު ހުށައެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާޢުވެސް ވަނީ، މަޖިލީހުގެ މެމްބަރުން މުސާރަ ކުޑަކުރެއްވުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.

ޝުޖާއު ވިދާޅުވީ، މިހާރު މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރަވެސް މާކުޑަ ކަމަށެވެ. އަދި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާ މެމްބަރެއްގެ އަތުގައި ލޯލާރިއެއްވެސް ނޯންނާނެ ކަމުގައި ޝުޖާޢު ވިދާޅުވިއެވެ.

މެމްބަރު ޝުޖާޢުއަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރެއްވި އިރު، ބާރަށު ދާއިރާގެ މެމްބަރުން އޭނާ ރައްޔިތުންގެ މަޖިލީހަށް ހޮއްވަވައި ދެއްވައިފިނަމަ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރެއްވުމަށް މަޖިލީހުގައި ވަކާލާތު ކުރައްވާނެކަމަށް ވިދާޅުވި ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމާއި ދެކޮޅަށް މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވާހަކަފުޅު ދެއްކެވި ނަމަވެސް ދެބޭފުޅުންވެސް ވަނީ، މެމްބަރުންގެ އަދަދު ވަކި މިންގަނޑެއްގައި ހިފެހެއްޓެވުމަށް ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.