Advertisement

ފްލެޓު މައްސަލައާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލައިގެ ބަހުސް މިއަދު ކުރިޔަށް ގެންދެވިފައި ނުވަނީ މިނިސްޓަރު ހާޒިރުވެވަޑައިނުގެންނެވުމުން، ފޮޓޯ: މަޖިލީހުގެ އިދާރާ

05 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

މަޖިލީހުގެ ހާޒިރީ ދަށް، އަދި ބަހުސް ކުރާނެ މެންބަރަކު ވެސް ނުވި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅިއަށް އެޖެންޑާ ކުރި ދެ ރިޕޯޓަށް ބަހުސް ކުރާނެ މެންބަރަކު ނެތުމުންނާއި، ފްލެޓު ބަހުސްއަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަޑައިނުގެންނެވުމުން، 10 މިނެޓު ތެރޭގައި މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

ދެ ރިޕޯޓަށް ބަހުސް ކުރާނެ މެންބަރަކު ނުވި އިރު، މަޖިލީހަށް މިއަދު ވަޑައިގެންނެވީ ވެސް 50 މެންބަރުންނެވެ. 93 މެންބަރުން ހިމެނޭ މަޖިލީހަށް ބަލިވުމުގެ ސަބަބުން މިއަދު ހާޒިރުވެފައި ނުވަނީ ދެ މެންބަރުންނެވެ. އަނެއް 41 މެންބަރުންނަށް ހާޒިރުނުވެވުނު ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގައި މިއަދު ފުރަތަމަ އެޖެންޑާ ކޮށްފައި އޮތީ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލުކުރެއްވުމެވެ. ނަމަވެސް "އާއިލީ، ކުއްލިކަމެއް" ދިމާވެގެން ކަމަށް ވިދާޅުވެ، މިނިސްޓަރ މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވުމާ ގުޅިގެން، އެކަން ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ.

ހެނދުނުގެ ދަންފަޅިއަށް ދެން ޝެޑިއުލް ކޮށްފައި އޮތީ  ކޮމިއުނިކޭޝަން އޮތޯރިޓީގެ އޮޑިޓު ރިޕޯޓުތައް ދިރާސާކޮށް މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އޮޑިޓު ރިޕޯޓުތައް ދިރާސާކޮށް މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓަށް ބަހުސް ކުރުމެވެ.

ނަމަވެސް މި ދެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުން، އެ ރިޕޯޓުތަކަށް ބަހުސްކުރަން ރިޔާސަތުން ހުޅުވައިލެއްވި ފުރުސަތު އެއްވެސް މެންބަރަކު ބޭނުމެއް ނުކުރައްވައެވެ. އެހެންކަމުން، މަޖިލީހުގެ ރިޔާސަތުން ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ ޖަލްސާ މެދުކަނޑައިލެއްވުމަށެވެ.

މިއަދުގެ ޖަލްސާގެ ދެވަނަ ދަންފަޅީގައި ވެސް މެންބަރުން ކުރައްވާނެ ބަހުސެއް ނެތެވެ. ހަމަ އެކަނި އޮތް ކަމަކީ، މިއަދުގެ ބަހުސަށް ހުޅުވާލި ދެ ރިޕޯޓު ފާސްކުރުމަށް ވޯޓަށް އެހުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.