Advertisement

08 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

އިދިކޮޅު ޕާޓީން މަޖިލީހަށް ކުއްލި މައްސަލަތައް ހުށައަޅައިގެން ވަގުތު ބޭކާރުކުރާކަމަށް ޕީއެންސީގެ މެމްބަރުން ތުހުމަތުކޮށްފި

އިދިކޮޅު ޕާޓީ, އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަތައް ހުށައަޅަމުން ދަނީ، މަޖިލީހުގެ ވަގުތުތައް ބޭކާރުކުރުމަށް ކަމަށް ތުހުމަތުކޮށް، މަޖިލީހަށް ކުއްލި މައްސަލަތައް ހުށައެޅޭ ގޮތަށް މިހާރު އޮތް އޮތުން ހަރުކަށިކޮށް މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރުން ގޮވާލައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުންވަނީ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލާފައެވެ. އެ މައްސަލައަކީ، ސަރުކާރުގެ ސްކޮލަޝިޕްތަކާއި ސްޓޫޑެންޓް ލޯނުގައި ރާއްޖޭން ބޭރުގަިއ ކިޔަވަމުންދާ ދަރިވަރުންނަށް ޑޮލަރު ނުލިބޭތީ ނާޒިލް މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައެކެވެ.

އެމައްސަލަ ބޭރުކޮށްލުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވި ޕީއެންސީގެ މެމްބަރުން ވަނީ މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނެސް ކުއްލި މައްސަލަ ހުށައެޅޭ ގޮތް އިތުރަށް ހަރުކަށި ކުރުމަށް ގޮވާލާފައެވެ. ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމްޑީޕީން މަޖިލީހަށް ކުއްލި މައްސަލަ ހުށައަޅަމުން ދަނީ، މަޖިލީހުގައި ކުރަން ހުރި ޤައުމީ މަސައްކަތްތައް ހުއްޓުވުމަށް ކަމަށެވެ. އެހެންވެ އެކަމަށް ހުރަސް އަޅަން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ، މަޖިލީހަށް ކުއްލި މައްސަލަތައް ހުށައަޅައިގެން އެމްޑީޕީން މަސައްކަތް ކުރަމުންދަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ، އުފެއްދުންތެރި މަސައްކަތެއް ނުކުރެވޭ ބޭކާރު މަޖިލީހަކަށް ހެދުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ކޮންމެ މެމްބަރަކަށްވެސް އެ މެމްބަރަކަށް ފެނިވަޑައިގަންނަވާ ކަމެއްގައި ކުއްލި މައްސަލަތަކާއި ޤަރާރުތައް ހުށައެޅޭނެއެވެ. އެހެން ނަމަވެސް އެމައްސަލައެއް ނުވަތަ ޤަރާރަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެވޭނީ، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.