Advertisement

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު --

06 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރީގެ މެމްބަރު ރިޔާޒު ވިދާޅުވަނީ، ނިޒާމްގެ މައްސަލައެއް ނެތް ކަމަށާއި، މައްސަލަ އުޅެނީ ވެރިންގެ ކަމަށް!

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސީ އަކީ ފުރިހަމަ ރިޔާސީ ނިޒާމެއް ހިންގުމަށް ކަމުދާ ހުރިހާ ސިފައެއް އެކުލެވޭ ނިޒާމެއް ކަމަށާއި، މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ، ވެރިކަމުގައި ހުންނަ މީހަކު އެމީހެއްގެ އަތްމައްޗަށް މުޅި ހުރިހާ ބާރެއް ނަގަން އުޅުމުގެ މައްސަލަކަމުގައި، ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރު ކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ، ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ، ޤާނޫނު އަސާސީއަށް މިސަރުކާރުން ބައެއް ބަދަލުތައް ގެންނަން އުޅޭ ދަނޑިވަޅެއްގައި އެކަމާއި ގުޅޭ ގޮތުން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

ޤާނޫނު އަސާސީ އާއި ގުޅޭ ދިރާސާތައް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ފާޑު ވިދާޅުވެ، ރިޔާޒު ރަޝީދު ވިދާޅުވީ،  ފެހި ޤާނޫނު އަސާސީގައި އުނިކަންކަން ހުރިކަމަށް ވިދާޅުވެ، ދިރާސާ ހައްދަވަމުން ގެންދަވާ އާޒިމާ އަކީ ޤާނޫނު އަސާސީގެ ބާރުކަނޑުވާލަން ކުރީގެ ސްޕްރީމް ކޯޓަށް ދަންވަރުވަދެ ގައިރުގާނޫނީ އަމުރު ނެރުމުގެ މޭސްތެރިޔާ ކަމަށެވެ. އަދި އާޒިމާގެ ބަންޑާރަ ނާއިބު ކަމުގަ މިޤާނޫނު އަސާސީ އާއި ޚިލާފަށް ގިނަކަންކަން ކޮށްފައިވާ ކަމަށާއި، އަދިވެސް ފެންނަމުން ދަނީ އެފަދަ ކަންކަމަށް މަގުކޮށާ މަންޒަރު ކަމުގައި ރިޔާޒު ވަނީ ވިދާޅުވެފައެވެ.

"ގާނޫނުއަސާސީއަށް ދިމާވެގެން މިއުޅޭ މައްސަލައަކީ ކޮންމެ މީހަކުވެސް ބޭނުންވަނީ ވެރިކަމަށް އައިސް ހުރިހާ ބާރުތަކެއް ވެރިމީހާގެ އަތަށް ކަހާލަން! ރައީސުލްޖުމްހުރިއްޔާއަށްއަށް ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ދޭންވާނެ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު މަޖިލިހަށް ލިބިގެންވޭ. ސުވާލަކީ ކީއްވެހޭ އެކަން ނުކުރެވެނީ؟"

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު --

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއަށް އިޝާރާތް ކުރައްވައި، ރިޔާޒު ވިދާޅުވީ، 28 މޭއި 2024 ދުވަހުން ފެށިގެން މިހާރު މިފެންނަނީ ރާއްޖޭގަ ބަރުލަމާނީ ސިފަޖެހިފަވާ ނިޒާމެއްގަ ވެރިކަންކުރާ މަންޒަރު ކަމަށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލުފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި ރިޔާޒަށް ނާކާމިޔާބީއާ ކުރިމަތިވިއެވެ. އެ އިންތިޚާބުގައި 76 ގޮނޑި ކާމިޔާބުކޮށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.