Advertisement

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޙަސަން ޒިޔާޢު ---

22 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ޙަސަން ޒިޔާއު މަޤާމުން ވަކިކޮށްފި

ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޙަސަން ޒިޔާޢު އެމަޤާމުން ވަކިކޮށްފިއެވެ.

ޙަސަން ޒިޔާޢު މަޤާމުން ވަކިކުރައްވާފައިވާކަން އޭނާ ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހާއި ނޫސްވެރިންގެ މުޢާމަލާތު ކުރުމަށް އުފައްދާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި އިއްޔެ ޒިޔާއު ލިޔުއްވި މެސެޖުގައި ވިދާޅުވީ، އޭނާ މަޤާމުން ވަކިކޮށްފައި ވަނީ، ޕާލިމަންޓަރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަމަށް ބުނެކަމަށެވެ.

ޒިޔާއު ލިޔުއްވި މެސެޖުގައި ވިދާޅުވީ، އޭނާ ހުންނެވި މަޤާމަކީ، ސިޔާސީ މަޤާމެއް ނޫންކަމަށާއި، އޭނާ މަޤާމުން ވަކިކޮށްފައި ވަނީވެސް، ޕާލަމެންޓަރީ ސާވިސްގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހީލާފުވިކަމަށް ބުނެ ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަޅުގަނޑު ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަން ފިލުވާލުމުގެ ގޮތުން ކަމުގައިވެސް ޒިޔާޢު ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ޒިޔާއު މަޤާމުން ވަކިކޮށްފައި ވަނީ،  ޕާލަމެންޓަރީ ސާވިސް ގަވާއިދާ ހިލާފަށް އެ ގާވާއިދުގައި ބަޔާންކުރާ އިޖުރާއަތްތަކާއިވެްސް ޚިލާފަށް އަދި ނޯޓިސްވެސް ނުދީކަން ޒިޔާއު ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވަނީ، ޕާލަމެންޓަރީ ސާވިސް ޤަވާއިދާ ޚިލާފަށް ރާވައިގެން އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ނޫސްވެރިކަމުގެ ދާއިރާއިންނާއި، މީޑިއާގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރެއްވި ޙަސަން ޒިޔާއު، ދައުލަތުގެ މީޑިއާގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.