Advertisement

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ---

24 Feb 2025
ޚަބަރު

މީކާއީލް ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައެއް ނުގަތް

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާޙް ގެނެސް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2 ފަނޑިޔާރަކު ވަކިވާގޮތަށް، ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލާއި ގުޅިގެން، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަތުމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ނިންމަވައިފިއެވެ.

ރިޔާސަތުގައި އިންނަވައި ވާހަކަފުޅު ދައްކަވަމުން، އަބްދުއްރަހީމް ވިދާޅުވީ، މީކާއިލް ހުށައެޅުއްވި ކުއްލި މައްސަލައަކީ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް ހުށައެޅޭނެ މައްސަލައެއް ނޫންކަމަށެވެ. އެހެންވެ އެމައްސަލަ ޖަލްސާއަށް ހުށަނޭޅޭނޭ ކަމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވީ، މީކާއީލް ހުށައެޅުއްވި ކުއްލި މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެއްގައި ހިނގާނެ ބަހުސަކާ ގުޅޭ މައުޟޫއަކަށް އޮތް މައްސަލައެއް ކަމަށެވެ. އެހެންވެ އެކުއްލި މައްސަލައިގައި، ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ނުވާކަމަށެވެ.

މިމައްސަލަ މަޖިލީހަށް ބަަލައިނުގަތުމަކީ، މަޖިލީހުގެ ރައީސް ގޯސްކޮށް ކުރައްވާފައިވާ ކަމެއް ކަމަށާއި މީގެ ކުރިންވެސް އެފަދަ މައްސަލަތައް މަޖިލީހަށް ބަލައިގަނެ ކުރިޔަށް ގެންގޮސްފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.