Advertisement

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ---

06 Feb 2025
ޚަބަރު

ޤާސިމް ވިދާޅުވީ މިތިބީ އަތްގައިދަށުވެފައި ކަމަށް!

ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބޭ މައްސަލައިގައި ނޫސްވެރިއަކު ދެންނެވި ސުވާލުގެ ޖަވާބުގައި ދިވެހި ސަރުކާރާއި ރައްޔިތުން މިތިބީ އަތްގައިދަށުވެފައި ކަމުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ޤާސިމް އިބްރާހިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބޭ ތިބުމާއި ގުޅޭގޮތުން، އޮންލައިން ނޫސް އަދަދުގެ ނޫސްވެރިޔާ ކުރި ސުވާލަށް ސާފު ޖަވާބެއް ނުދެއްވައި ޤާސިމް ވިދާޅުވީ، މިތިބީ އަތްގައިދަށުވެފައި ކަމަށެވެ. އަދި އިންޑިއާ އާއި ދެކޮޅުވެގެން ލިބެން އޮތީ ގެއްލުން ކަމުގައިވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ރާއްޖެއިން އިންޑިއާ ސިފައިން ތިބުން ބަދަލުނުކުރެވިގެން އުޅެނީ ކޮން ސަބަބަކާއި ހެދިކަން ވިސްނާލަން ޖެހޭ ކަމަށެވެ. 

"އަޅުގަނޑުމެން އަތްގައިދަށުވެފައި ތިބިކަން އެބަ އެނގޭ. ކޮނުނު ކޮނުނުހެން ފަސްގިނަވާނޭ ބުނާހެން، ތިޔަ ބޭފުޅުން ތިދައްކަވާ ވާހަކަފުޅު ރައްޔިތުންނާއި ހަމައަށް ދާއިރު، މިކަންކަން ކުރެވިފައި ހުރި ގޮތް މިހާރު ވިސްނާލީމާ އެނގެނީ. އިންޑިއާ ސަރުކާރުން ކިހާވަރެއްގެ ލާރިއެއް، ކޮމިޓްމެންޓްތަކެއް މި 2025 ވަނަ އަހަރާއި، 2026 ވަނަ އަހަރު ދައްކަން އެބަހުރިތޯ؟ އެ ނުދެއްކިއްޖިއްޔާ ކޮންފަދަ ހާލަތަކަށްތޯ ދަނީ. ކޮންމެ އެއްޗެއް ބުނި ނަމަވެސް ކޮންމެ ކަމެއް ކުރަން ނިންމެވި ނަމަވެސް އެހާލަތު އެބައެއްގެ ނެތިއްޔާ ކިހިނެއްތޯ އެކަން ރަނގަޅު ކުރާނީ."

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ---

ޤާސިމް އިބްރާހީމް ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖެއަށް ގެނައުމަކީވެސް ކުރީގެ ސަރުކާރަކުން ކޮށްފައި އޮތް ކަމެއް ކަމަށެވެ. މިގޮތުން އެކަން ކުރެއްވީ އެމްޑީޕީގެ ސަރުކާރުގައި ރައީސް ނަޝީދު ކަމުގައި ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ޤާސިމް އިބްރާހިމްވެސް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވެވަޑައިގެންނެވި ވަޢުދެކެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލެވިއްޖެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޢުލާނު  ކުރެއްވި ނަމަވެސް އެކަން ނުކުރެވޭ ކަމުގެ މޭރުމަކުން މިއަދުގެ ނޫސްކޮށްފަރެންސްގައި ޤާސިމް އިބްރާހީމްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.