Advertisement

މައުރޫފް ޒާކިރު - ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު.

07 Nov 2024
ޚަބަރު

ރައްޔިތުންނަށް ގެއްލުންވާގޮތަށް ކުރާކަންކަން މަޖިލިސް ތެރެއިން ހުއްޓުވޭކަށް ނެތް: މައުރޫފް

މިސަރުކާރު ދަތުރުކުރަމުން އަންނަތަން ފެންނަނީ ޚުދުމުޚުތާރު ވެރިކަމަކާއި ދިމާއަށް ކަމަށާއި، މަޖިލީހުގެ ތެެރެއިން ސަރުކާރު ހުއްޓުވުމަށް އެމްޑީޕީއަށް ކުރެވޭނެ ކަމެއް ނެތް ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ބުދަ ދުވަހު އެމްޑީޕީން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިވަގުތި ތިއްބެވީ 12 މެމްބަރުން ކަމުގައި ވާއިރު، މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮތީ ޕީއެންސީއަށެވެ. އެކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ މަޖިލީހުގެ ތެރެއިން އެމްޑީޕީއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ޤާނޫނީ ޒިންމާއެއް އެއީ މިކަން ބޮޑުވުންތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުން. އަޅުގަނޑުމެން މިކުރަނީ އެމަސައްކަތް، އަޅުގަނޑުމެން މިދަނީ އެކަން ބޮޑުވުން ރައްޔިތުންނާއި ހަމައަށް ގެނެސްދެމުން. މިކަން ބޮޑުވުން އޮތް ވާހަކަ ރައްޔިތުންނަށް ބުނެދެމުން. އަޅުގަނޑުމެން އެމަސައްކަތް ކުރުމުގައި ދެމި ތިބޭނަން."

މައުރޫފް ޒާކިރު - ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު.

މައުރޫފް ވިދާޅުވީ މިސަރުކާރުން ޤާނޫނުތަކަށް ގެންނަމުންދާ އިސްލާޙްތަކަކީ ކަންބޮޑުވާން ޖެހޭ އިސްލާޙްތަކެއް ކަމަށެވެ. މިގޮތުން، ޤާނޫނުން ކޮމިޝަންތަކަށް ދީފައިވާ ބާރުތައް ރައީސުލްޖުމްހޫރިއްޔާ ނަންގަވަމުން ގެންދަވާކަމުގައި މައުރޫފް ވިދާޅުވިއެވެ.

މިގޮތުން މައުރޫފް ވަނީ، ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ދައުލަތުގެ ހިންގުމުގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލެއްވުމަށް ކަމުގައިވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ދޮންދުބުރިމާ
ކަލޯގަޔާ މޮޔަނުގޮވާ ޕާޓީ ޕާޓީ ވެގެން އުޅުމުގެ ބަދަލުގައި ދާއިރާގައި ހުރި ކަންތަށް ތަކަށް ވާހަކަ ދައްކައިގެން ކަމެއް ކޮށް ދެވޭތޯ ބަލާބަލަ
07 Nov 2024
ބަޗީ
ތިހެން ބުނާ މީހުންގެ އާރާއި ބާރުހުރި އިރު، ރައްޔިތުންނަށް ޢައްދާރުވެ ފާޅުގައި ހިންގި ބޮޑެތި ޖަރީމާތަކުގެ ސަބަބުން ރައްޔިތުންގެ ބާރުން ވެރިކަން ބަދަލުކޮށްފައި.
07 Nov 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.