Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

25 Feb 2025
ޚަބަރު

ޑީއެންއާރްގެ ތެރޭގައި ކުރީ ހެކިވެރިން ފޯމުތަކުގައި ސޮއެކުރުމުގެ މަސައްކަތް: އިޙްސާން

ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ތެރޭގައި، ކޮށްފައި ވަނީ، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރު ކުރުމަށް ފުރި ފޯމުތަކުގައި ހެކިވެރިން ސޮއިކުރުމުގެ މަސައްކަތްކަމުގައި  ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިހްސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި  މިއަދު ކުރިޔަށ ްގެންދިޔަ އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ، ސިޔާސީ މީހުން ޑީއެންއާރްގެ އޮފީސް ހިންގާ ފްލޯގެ ތެރޭގައި ކޮށްފައިވާ މަސައްކަތަކީ، ކުރިން ފުރައިގެން ގެނެސްފައިވާ ފޯމްތަކުގައި، ހެކިވެރިންގެ ގޮތުގައި ސޮއިކުރާ މީހުން ސޮއެކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަން އެނގިވަޑައިގަތީވެސް ފަހުން ކަމުގައި މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ، ޕީއެންސީއަށް މެމްބަރުން އިތުރު ކުރެއްވުމަށް ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ސިޔާސީ މުވައްޒަފުންނަށް އެންގެވި ކަމަށާއި އެގޮތުން ކޮންމެ މުވައްޒަފަކު 15 މީހުންގެ މެމްބަރޝިޕް ހޯދުމަށް އެންގެވި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވީ، ޑީއެންއާރު ފަދަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ އޮފީހެއްގެ ތެރޭގައި މިފަދަ ކަންތައްތައް ކުރުމަކީ ރައްޔިތުންގެ އިތުބާރު އެކަމަށް ގެއްލިދާފަދަ ސުވާލު އުފެދިދާނެ ފަދަ ކަމެއްކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

ފޯމުތަކުގައި ހެކިވެރިންގެ ބައިގައި ސޮއިކުރީ ޤާނޫނުތަކުގައި އެކަންކުރުމަށް ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ކަމުގައި ހޯމް މިނިސްޓަރު ވިދާޅުވުމާއި ގުޅިގެން އެއީވެސް ކުށެއްކަން އިދިކޮޅު ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ޙުސޭން ކުރުސީ
އަހާ ސަހަރޯ، ކޮންބައެއްބާ ހެކިންނަކީ؟ އުހުސާނޫ އާއި ދެންކާކު؟ ޕީއެންސީއަށް އިލިޔާސް (އިއްލަބެ) އެފްޕީއައިޑީގެ ވައްކަމުން ލިބުނުފައިސާ އިން އަޅާފައި އެހުރި ސީ ޓްރަކްގެ 2 ބުރި ހިލޭ ދީފާވާއިރުވެސް އެ އޮފީސް ކުޑަވީ؟
25 Feb 2025
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.