Advertisement

އަޙްމަދު ނާޒިމް - މަޖިލީހުގެ ނައިބު ރައީސް --

26 Jan 2025
ޚަބަރު

މިޑިޔާ ރެގިއުލޭޓްކުރުމާބެހޭ ގޮތުން ދެއްކި ވާހަކަތައް ނޫސްތަކުން ގެނެސްދިނީ އޮޅޭގޮތަށް: ނާޒިމް

ޖަނަވަރީ 25 ދުވަހު ސަންއޮންލައިންއަށް ދެއްވި އިންޓަރވިއުގައި މިޑިޔާ ރެގިއުލޭޓްކުރުމާބެހޭ ގޮތުން ދެއްކި ވާހަކައިގެ ހަޤީޤީ މަފްޙޫމް އޮޅުން އަރާފަދަ ގޮތަކަށް ބައެއް މީޑިޔާތަކުން ޚަބަރުތައް ފަތުރަމުން އަންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެކަމާއި ގުޅޭ ގޮތުން މަޖިލީހުގެ ނައިބު ރައީސް ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ. އަދި އެފަދަ ކަންކަމުގައި ރައްޔިތުންނަށް ހަޤީޤަތް އޮޅޭ ފަދަ، ފިތުނަވެރިގޮތަކަށް ޚަބަރާއި މައުލޫމާތު ނުފެތުރުމަށް، އެބަޔާނުގައި ރާއްޖޭގެ މީޑިއާތަކަށް ނާޒިމް ގޮވާލައްވާފައިވެއެވެ.

ނާޒިމްގެ ބަޔާނުގައި ވިދާޅުވީ، އެއްވެސް ސޯޝަލް މީޑިއާގެ މަންސައެއް ބްލޮކް ކުރުމަށް ހުށަނާޅުއްވާ ކަމަށާއި އެހެން ނަމަވެސް ސޯޝަލް މީޑިއާއަކީ ރެގިއުލޭޓް ކުރެވެންވާނެ އެއްޗެއްކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާއަކީ ބޭނުން ކުރެވޭ މީޑިއާގެ އެންމެ އާއްމު ވަސީލަތްތައްވެސް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ. 

ނާޒިމް ވިދާޅުވީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ރެގިއުލޭޓްކޮށް، އެހެން މީހުންގެ ހައްޤުތަކާއި ޢަބުރާއި ޢިއްޒަތާއި ކަރާމާތް ރައްކާތެރި ކުރެވޭނޭ ޤާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭނެ ކަމަށެވެ. އެގޮތުން އެފަދަ ބައެއް ޤާނޫނުތައް ޔޫރަޕްގެ ޤައުމުތަކުގައިވެސް އޮންނަކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ސޯޝަލް މީޑިއާގެ ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުން ކުރުމާއި، ސޯޝަލް މީޑިއާގެ ވަޞީލަތްތައް ބޭނުންކޮށްގެން މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި، މީހުންގެ އަބުރާއި ޢިއްޒަތް ނަގާލުމަށް ކަނޑައެޅިގެން ދޮގުވާހަކަތައް ފެތުރުމަކީ އާއްމުވެފައިވާ ކަމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.