Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

31 Oct 2023
ޚަބަރު

އަންނަ އަހަރަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅައިފި

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުން މިއަދު އޮތީ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ އެޖެންޑާކޮށްފައެވެ. ނަމަވެސް ބަންޑާރަ ނައިބުގެ ލަފާފުޅާ އެކު، ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހެޅުމަށް މަޖިލީހަށް ވަޑައެއް ނުގަންނަވައެވެ. ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން އަހަރަކަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެ އަހަރެެއް ފެށުމުގެ ދެ މަސްދުވަސް ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.

ފިނޭންސް މިނިސްޓްރީން ބަޖެޓު މަޖިލީހަށް ފޮނުވީ އިއްޔެއެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ކަނޑައެޅި ބަޖެޓަކީ 2023 ވަނަ އަހަރަށް ފާސްކުރި 42.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 6.9 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.

ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމުން މި އަހަރުގެ ބަޖެޓް 49.3 ބިލިއަން ރުފިޔާއަށް އަރައެވެ. މި އަހަރު ނިމޭއިރު ދައުލަތުގެ ހަރަދު 47 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެއެވެ. އަދި ދައުލަތުގެ އާމްދަނީ 32 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެއެވެ.

އަންނަ އަހަރުގެ ބަޖެޓު އަދަދު ފިނޭންސް މިނިސްޓްރީން ހާމަކުރި ނަމަވެސް، ބަޖެޓުގެ ތަފްސީލު އެނގޭނީ، ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓު ހުށަހެޅުމުންނެވެ. ފިސްކަލް ސްޓްރެޓެޖީގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް 13 ބިލިއަން ރުފިޔާ ހޯދަން ޖެހެއެވެ. އެއީ މި އަހަރުގެ ޑެފިސިޓަށް ވުރެ ދެ ބިލިއަން ދަށް އަދަދެކެވެ. މިއަހަރުގެ ބަޖެޓު ޑެފިސިޓް 15 ބިލިއަން ރުފިޔާއަށް އަރައެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސުން ބަޖެޓު ހުށަހެޅިއިރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގެ ލަފާ ވެސް ވަނީ ހޯދާފައެވެ. އަދި, އެމަނިކުފާނު އެދިލެއްވި ކަންކަން ވެސް ބަޖެޓުގައި ހިމަނާނެ ކަމަށް ފިނޭންސުން މީގެކުރިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.