Advertisement

އޮކްޓޯބަރ 23 ވަނަ ދުވަހު އީވާ މަޖިލީހުގެ ރިޔާސަތުގައި -- ފޮޓޯ: މަޖިލިސް

01 Nov 2023
ޚަބަރު

އީވާގެ ސަލާމާއިއެކު މަޖިލީހުގައި މަރުތަޅު އެޅިފައި، މިއަދުގެ ޖަލްސާވެސް ނުބޭއްވުނު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި އޮތް މިއަދު ޖަލްސާއަށްވެސް، މަޖިލީހުގެ ނައިބުރައީސާ އީވާ އަބުދުﷲ މަޖިލީހަށް ސަލާމް ފޮނުވުމުން ކެންސަލްވެއްޖެއެވެ.

އީވާ، ވިދާޅުވެފައި ވަނީ، ޑެންގޫ ހުން ޖެހި އާލާސްކަންފުޅާ އުޅުއްވާ ކަމަށެވެ. އެހެން ނަމަވެސް އީވާ ޑެންގޫއަށް ޕޮޒިޓިވްވި ކަމަށް ބުނެފައިވާ ދުވަހާއި ވިދިގެން އައި ދުވަހުވެސް އީވާ ވަނީ، މަޖިލީހަށް ނުކުމެވަޑައިގެން ރިޔާސަތު ބަލަހައްޓަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅިފައި ވަނިކޮށް އެމައްސަލަ ކުރިޔަށް ނުގެންގޮސް މަޖިލީހުގެ އިތުރު ޖަލްސާއެއް ނުބޭއްވޭނެއެވެ. އެހެންވެ މަޖިލިސް މިހާރު އޮތީ މަރުތަޅެއް އެޅިފައެވެ.

އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާފައިވާ ގޮތުގައި އީވާ މަޖިލީހަށް ސަލާމް ފޮނުއްވަމުން ގެންދަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ނުދިނުމަށްޓަކައެވެ. 48 މެމްބަރުން ސޮއެކޮށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައި ވާއިރު، އެމައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމަށްޓަކައި ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މަޖިލީހުގެ ނިޒާމް ޚަރާބުކުރައްވަނީ ކަމަށް، މެމްބަރުން ތުހުމަތު ކުރައްވައެވެ.

ރައީސް ނަޝީދަކީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނެސްދިނުމުގައި އެންމެ މުހިއްމު މަސައްކަތްތައް ކުރި ބޭފުޅާކަމުގައި ގިނަ ބަޔަކު ކުރިން ޤަބޫލު ކުރި ނަމަވެސް އެމްޑީޕީގެ އާއްމު މެމްބަރުންވެސް މިހާރު ރައީސް ނަޝީދަށް މުޚާތަބު ކުރަނީ އިންޑިއާ ކަނޑުގެ މުޤާބޭގެ ގޮތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.