Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

17 Oct 2023
ޚަބަރު

އަންނަ އަހަރަށް މަޖިލީހުގެ ބަޖެޓަކަށް 186.7 މިލިއަން ރުފިޔާ ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމަށް އަންނަ އަހަރަށް 186.7 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅައިފިއެވެ. ހޯމަ ދުވަހު ބޭއްވި ޢާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 182 މިލިއަން ރުފިޔާގެ ބެޖެޓެކެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓަކީ މި ހިނގަމުންދާ އަހަރުގެ ބަޖެޓަށްވުރެ ހަތަރު މިލިއަނެއްހާ ރުފިޔާގެ އިތުރު ބަޖެޓެކެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ހެޑު އޮފް އެޑްމިނިސްޓްރޭޝަންސް އަޙްމަދު ފާއިޒް މުޙައްމަދު ވިދާޅުވީ، މިއަހަރަށްވުރެ އަންނަ އަހަރުގެ ބަޖެޓު ބޮޑުވާ މައިގަނޑު ސަބަބަކީ، އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާނެ މެންބަރުންގެ ޢަދަދު އިތުރުވުމެވެ. ފާއިޒްވަނީ، މަޖިލީހުގެ ކޮމިޓީ އެކުލަވާލުމުގައި ލަސްތަކެއް އައުމުން މަޖިލީހުގެ ބަޖެޓުއެކުލަވާލާ، އެ އިދާރާއިން ފިނޭންސް މިނިސްޓްރީއަށް މިހާރު ފޮނުއްވާފައިވާކަމަށް ވިދާޅުވެފައެވެ.

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 87 މެންބަރުންނެވެ. ނަމަވެސް އަންނަ އަހަރު ފެށޭ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާނެއެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށައަޅުއްވާފައެވެ. އެކަމަށް ތާޢިދުކޮށް، ގިންމެންބަރުން ވަނީ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރާތާ 11 އަހަރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

އެ ހުށައެޅުމާއި ގުޅިގެން ކޮމިޓީން ވަނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހިނގާނެ ޚަރަދު ބަލައި އެކަމުގެ ރިޕޯޓެއް ކޮމިޓީއަށް ހުށައެޅުއްވުމަށް ފާސްކުރައްވާފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.