Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު --

02 Nov 2023
ޚަބަރު

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށްވެސް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޢިތުބާރު ނެތްކަމުގެ މައްސަލަ މިއަންނަ އާދިއްތަ ދުވަހަށްވެސް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާއްމުގޮތެއްގައި ބާއްވަނީ، ހޯމަ އިން ބުދަ އަށް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅިފައި ވުމާއިއެކު، އެޖަލްސާ ބޭއްވޭތޯ ރައްޔިތުންގެ މަޖިލީހުން އަންނަނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކުވެސް ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ނުގެންދެވިގެން އުޅެނީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ، ތަކުރާރުކޮށް މަޖިލީހަށް ސަލާމް ފޮނުއްވަމުން ގެންދަވާތީއެވެ. އީވާ މަޖިލީހަށް ސަލާމް ފޮނުއްވަމުން ގެންދަވަނީ، ޑެންގީހުންޖެހި ބަލި ރަނގަޅު ނުވާކަމަށް ބުނެއެވެ. އެހެން ނަމަވެސް އީވާ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގަންނަވަނީ، ބޭބޭފުޅު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް މަޖިލީހުގައި ފުރުޞަތު ދޭން ބޭނުން ނުވާތީކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވައެވެ.

ޑެންގޫހުން ޖެހިގެން އީވާ މަޖިލީހަށް ވަޑައި ނުގެން ސަލާމް ފޮނުއްވަމުން ގެންދާއިރު، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވުމުގެ ކުރިން، އީވާ ވަނީ ޑެންގޫހުން ޖެހިފައި ހުއްޓައިވެސް މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަައްޗަށް އިތުުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުނު މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު، ހުށައެޅުނު އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން ފަސްކުރައްވައިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.