Advertisement

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު --

18 Dec 2023
ރައްޔިތުންގެ މަޖިލިސް
ޢަލީ ސުލައިމާން

އެމްޑީޕީގެ މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުމުގެ ފުރުޞަތު ފަހިވާގޮތަށް މަޖިލީގުގެ ޤަވާއިދަށް ގެނައި އިސްލާޙްތައް ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަވެގެންދާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ، 49 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިޞްލާޙުތައް، ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ވޯޓުގަޑީގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިޞްލާޙުތައް، ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމުން އެއިސްލާޙް ފާސްކުރަން ފެންނަ ކަމަށް 40 މެމްބަރުން ވޯޓު ދެއްވި އިރު އެކަމާއި ދެކޮޅަށް ވޯޓު ދެއްވީ 21 މެމްބަރުންނެވެ. މިއާއެކު މަޖިލީހުގެ ޤަވާއިދަށް މިއައި ބަދަލާއިއެކު މަޖިލީހުގައި މިހާރު ދެމިތިބި މެމްބަރުންގެ ތިންބައިކުޅައެއްބަޔަކީ 54 މެމްބަރުންކަމުގައި ހަމަޖެހުނީއެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް އެމްޑީޕީގެ 56 މެމްބަރުން އެބަތިއްބެވިއެވެ. އެހެންކަމުން އެމްޑީޕީގެ ޕީޖީގުރޫޕުން ނިންމައިގެން އުނދަގުލެއް ނެތި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރެވިދާނެއެވެ. މިބަދަލު ރައްޔިތުންގެ މަޖިލީގުގެ ޤަވާއިދަށް ގެނައީ، ރައްޔިތުންގެ މަޖިލީހުގެ އިދާރީ 6 ދާއިރާއެއްގެ ގޮނޑިތައް ހުސްވުމާއި އަދި އެގޮނޑިތަކަށް މަޖިލީހުގެ މިދައުރުގައި މެމްބަރުން އިންތިޚާބު ނުކުރާނޭކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައި ވުމުންނެވެ.

އަލަށް ގެނައި އިސްލާޙްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ، 49 ވަނަ މާއްދާގެ ފަހަތަށް 3 އަކުރެއް ވަނީ އިތުރުކޮށްފައެވެ. މިއިސްލާޙްތައް ހުށައަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢުއެވެ.

ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރި އަކުރުތައް:

49-(ކ) މިގަވާއިދުގެ ބޭނުމަށްޓަކައި، މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެމްބަރުކަމުގައި ދެމިތިބި މެމްބަރުންގެ ޖުމުލަ އަދަދަށެވެ.

49-(އ) ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތެއްގައި އެއްވެސް އިންތިޚާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ އިންތިޚާބީ ދާއިރާއެއްގެ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމާއި ހަމައަށް، މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދު ގުނުމުގައި އެއިންތިޚާބީ ދާއިރާއެއް ނުގުނޭނެއެވެ.

49-(ވ) ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރެއްގައި، މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފިނަމަ، އެބަދަލެއް އަންނަ ތާރީޚާއި ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން އިސްލާޙް ކުރަންވާނެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ނައިބުގެ މަޤާމުން ވަކިކުރުމާއި ގުޅޭ އިޖުރާއަތްތައް އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާޙްތަކުގެ ތެރޭގައި ހިމެނޭ 202 ވަނަ މާއްދާއަށް ގެނައި އިސްލާޙާއި 203 ވަނަ މާއްދާއަށް ގެނައި އިސްލާޙްވެސް އާއްމު ކޮމިޓީން ފާސްކުރި ރިޕޯޓް، ތުޅާދޫ ދާއުރާގެ މެމްބަރު ޙިސާއން ހުސައިން ހުށައެޅުއްވި އިސްލާޙްތަކާއިއެކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މިގޮތުން މަޖިލީހުން މިއިސްލާޙްތައް ފާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުންގެ ވޯޓުންނެވެ. ޙިސާން ހުށައެޅުއްވި އިސްލާޙްތައް މަޖިލީހުން ފާސްކޮށްފައި ވަނީ، 45 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ހިސާންގެ އިސްލާހާއި ދެކޮޅަށް 10 މެމްބަރަކު ވޯޓުދެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.