Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް --

18 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް މިއަދު ވޯޓަށް ނޭހުމަށް މަޖިލީހުގެ ރައީސް ނިންމައިފި

09:49
09:47

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ކުއްލި މައްސަލައެއް ހުށައަޅުއްވައިފި

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް މިއަދު ވޯޓަށް ނޭހުމަށް މަޖިލީހުގެ ރައީސް ނިންމައިފިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މިގޮތަށް ނިންމެވީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު، ޙިސާން ހުސައިން ނެންގެވި ނިޒާމީ ނުކުތާ ބަލައިގަނެ، އެކަމާއި ގުޅޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމާއިގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓް ފުރިހަމަ ނުވާތީ އެމައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ނިންމީކަމުަގައި މަޖިލީހުގެ ރިޔާސަތުން ވަނީ ޢިއުލާނުކޮށްފައެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ، މަޖިލީހުގެ ޤަވާއިދާއި ޚިލާފްކަމެއް ކަމަށެވެ. އަދި އެއީ ފުރިހަމަ ނުވާ ރިޕޯޓަކަށްވާތީ، އެރިޕޯޓަށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ނުކުރެވޭނެ ކަމުގައި ހިސާން ވިދާޅުވިއެވެ.

"ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އާއި 200 ވަނަ މާއްދާގެ (އ)އަށް ބަލާއިރު، ސަރުކާރުން އުފައްދަން ބޭނުންވާ މިނިސްޓްރީތަކާއި، ވުޒާރާތަކުގެ ދާއިރާތަކުގައި ހިމެނޭ މަސައްކަތް އެއީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށައަޅަންޖެހޭ މަސައްކަތްތަކެއް. އަދި މިހާތަނަށް ސަރުކާރުން މިނިސްޓްރީތައް ޤާއިމްކޮށް، 30 ދުވަސް ވެގެން ދިޔައިރު، މަޖިލީހަށް މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައި ނުވާތީ، މެންޑޭޓް ދިރާސާ ނުކޮށް، މިނިސްޓަރުންނަށް ރުހުން މިދެނީ، އެބޭބޭފުޅުން ކޮން މަސްޢޫލިއްޔަތުތަކެއް އަދާކުރުމަށް، ނުވަތަ އަދާ ނުކުރުމުގެ ޤާބިލިއްޔަތު ހުރެގެން ނުވަތަ ނެތިގެންކަން ރިޕޯޓުން ސާފު ނުވާކަން."

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ނުގެންދިޔުމަށް ނިންމައި، އެކަން މަޖިލީހުގެ ރައީސް އެކަން އިއުލާނުކުރެއްވުމާއި ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ، އެކަމާއި ދެކޮޅަށް ނިޒާމީ ނުކުތާ ނަންގަވައި ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.