Advertisement

މާމިގިލިދީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް --

18 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ ނިންމުން ޤާނޫނު އަސާސީއާ ޚިލާފުކަމަށް ވިދާޅުވެ ޤާސިމް ތަޅުމުގައި އަޑުގަދަ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާޙްތަކަކީ، ޤާނޫނާއި ޚިލާފް އިސްލާޙްތަކެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި، ބަދަލާއި އެކު އެމްޑީޕީގެ މެމްބަރުންނަށް އެކަނި، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރެވޭ މިންވަރަށް ވޯޓު ހަމަވެއެވެ. މަޖިލީހުގެ ޤަވާއިދަށް ގެނައި އެންމެ މުހިއްމު ބަދަލަކީ، މަޖިލީހުގެ ނިންމުންތައް ނިންމުމުގައި، ރައްުޔިތުން މަޖިލީހުގެ މެމްބަރުންގެ އަދަދަކީ، މަޖިލީހުގައި ދެމި ތިބި މެމްބަރުންގެ އަދަދުކަމުގައި ކަނޑައެޅުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިޞްލާޙުތައް، ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްގައިވެސް ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ އެއީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާޙްތަކެއް ކަމަށެވެ.

މަޖިލީހުގެ 42 މެމްބަރުންގެ އަޤުލަބިއްޔަތުން އެ އިސްލާޙްތައް ފާސްކުރުމާއިއެކު، މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވައި، ޤާސިމް ވިދާޅުވީ، އެނިންމުން ޤާނޫނު އަސާސީއާ ޚިލާފު ކަމަށެވެ.

ޤާސިމް އަޑުގަދަކުރައްވަން ފެއްޓެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ގެންނާނީ، އެމައްސަލައެއް ޤާނޫނު އަސާސީ އާ ޚިލާފުތޯ ނުވަތަ ނޫންތޯ މަޖިލީހުގެ އިދާރީ މޭޒުން ނިންމަވާފައިކަމަށެވެ.

"މަޖިލީގުގެ ކޮމިޓިއަކުން ނިންމަވައިގެން ގެންނަ ކަމެއް އެއީ ޤާނޫނު އަސާސީއާ ޚިލާފް ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ އިޙްތިޔާރެއް ނޫން އަޅުގަނޑަށް އޮތީ. ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ވޯޓެއް އަޅުގަނޑު މިތާނގައި ނުނަގާނެ ވާހަކަ ދަންނަވަން."

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް

މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާއަށް ހުށައަޅާފައިވާ އިސްލާޙްތައް ފާސްވުމާއިއެކުގައި މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގައި މިހާރު ދެމިތިއްބެވި މެމްބަރުންގެ އަދަދަކީ، 80 ކަމުގައި މަޖިލީހުގެ ތަޅުމުގައި އިއުލާނުކުރައްވާފައެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިޑިސެމްބަރު މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާތީ މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނޭ ތާރީޚް މެމްބަރުންނަށް އަންގަވާނެ ކަމުގައިވެސް މަޖިލީހުގެ ރައީސް ވަނީ އިޢުލާނުކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.